ޤައުމިއްޔަތުގެ ދާއިރާއިން ކަސްޓަމްސްގެ މުވައްޒަފުންނަށް ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މަޝްވަރާކޮށްފި

އައިޝަތު ޝިއުރާ
29 Aug 2024
ހަބަރު

ޤައުމިއްޔަތުގެ ދާއިރާއިން ކަސްޓަމްސަށް ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

މިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވީ ދިވެހިބަހާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި  ވުޒާރާގެ ބައެއް އިސްވެރީންނެވެ. އަދި ކަސްޓަމްސްގެ ފަރާތުން މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވީ ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް  ފާޠިމަތު ދިޔާނާއާއި ޑެޕިޔުޓީ ކޮމިޝަނަރ ޖެނެރަލް  ޢަބްދުﷲ ވަޙީދާއި، ޑެޕިޔުޓީ ކޮމިޝަނަރ ޖެނެރަލް  އިބްރާހީމް މަފާޒް އަދި ޗީޕް ސުޕްރިންޓެންޑެންޓް ޑޮކްޓަރ ފާޠިމަތު މުޙައްމަދެވެ.

މި ބައްދަލުކުރެއްވުމުގައި ކަސްޓަމްސްއާއި މި ވުޒާރާ ގުޅިގެން ކަސްޓަމްސްގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ 700އެއްހައި މުވައްޒަފުންނަށާއި އެއިދާރާއަށް އަލަށް ވަޒީފާއަށް ވަންނަ މުވައްޒަފުންނަށް އަމާޒުކޮށްގެން ދިވެހި ޤައުމިއްޔަތަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި މިރޮނގުން މި ވުޒާރާގެ ފަރާތުން ފޯރުކޮށްދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޮރުކޮށްދެއްވާނޭކަމުގެ ޔަޤީންކަން ވަޒީރު ވަނީ އަރުއްވާފައެވެ.

"ކަސްޓަމްސްއަކީ މުހިންމު މަސްއޫލިއްޔަތެއް އަދާކުރާ، ޤައުމުގެ މައި ދޮރާށި ބަލަހައްޓާ މައި އިދާރާކަމަށް ވާއިރު، ހަރުދަނާ ސިފަތަކެއްގެވެރި މުވައްޒަފުން ތިބޭ ތަނަކަށް މިތަން ވާން ޖެހޭ. މިސިފަތައް އަށަގެންނުވޭނީ ޤައުމުގެ މުހިންމުކަމާއި، ޤައުމުދެކެ ލޯބިވާންވީ ސަބަބުތައް ދަސްކޮށްދެވިގެން. ދިވެހި ޤައުމިއްޔަތުގެ ހަގީގީ ސިފަތައް މުއައްސަސާގެ ހުރިހާ ގިންތިއަކަށް ކިޔަވައިދެވިގެން." ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކަސްޓަމްސްގެ 135 އަހަރުވީ ދިގު ތާރީޚް ރައްޔިތުންނަށް ފެންނާނޭ ފަދަ ގޮތަކަށް މައުރަޒު ކުރުމާއި ބެހޭ ގޮތުންވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. މި ވުޒާރާއާ ގުޅުން ހުރި ހުރިހާ މިފަދަ މަސައްކަތްތަކުގައި ކަސްޓަމްސްއަށް ފަންނީ އެހީތެރިކަން ފޮރުކޮށްދެއްވާނޭ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ އަރުއްވާފައެވެ. އަދި ވަޒީރު ވަނީ ކަސްޓަމްސްފަދަ މުހިންމު މުއައްސަސާއަކުން ދިވެހި ޤައުމިއްޔަތުގެ ސިފަތަކުގެ މުހިންމުކަން ދަނެގަނެ، މި ވުޒަރާއިން ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށް އިސްނެންގެވުމަކީ ވަރަށް އުފާފުޅު ކުރައްވާކަމެއް ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު