ފުވައްމުލަކުގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓަރީ ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އައިޝަތު ޝިއުރާ
29 Aug 2024
ހަބަރު

ފުވައްމުލަކުގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓަރީއެއް ޤާއިމުކުރުމަށް ތިން ފަރާތެއްގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާގެ ވަޒީރު  އައިޝަތު ރަމީލާ އާއި ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރު  އަބްދުﷲ ޙާނިސް މޫސާއެވެ. އޭގެ އިތުރުން، ފުވައްމުލަކު ސިޓީގެ ފަރާތުން ސިޓީ މޭޔަރު  އިސްމާޢީލް ރަފީޤް ވެސް މި އެއްބަސްވުމުގައި ސޮއިކުރެއްވިއެވެ. މި އެއްބަސްވުމަކީ ޤައުމީ ފެންވަރުގައި ދަނޑުވެރިކަން ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ލެބޯޓަރީގެ މައިގަނޑު މަޤްޞަދަކީ ގަސްތަކުގެ ބަލިތައް ދެނެގަނެ، ކޮންޓްރޯލްކޮށް، ފަރުވާދިނުމަށް ދަނޑުވެރިންނަށް އެހީތެރިވުމެވެ. މިހާތަނަށް ރާއްޖޭގައި ދަނޑުވެރިކަމުގެ ލެބޯރެޓަރީއެއް ނެތުމުން، ބޭރަށް ސާމްޕަލް ފޮނުވައިގެން ޓެސްޓުތައް ހަދަންޖެހޭތީ ޚަރަދު ބޮޑުވެ، ގޮންޖެހުންތަކާ ކުރިމަތިވެފައިވާއިރު، މި މަޝްރޫއުގެ ސަބަބުން ދަޑުވެރިންނަށް ގިނަގުނަ މަންފާ ލިބިގެންދާނެއެވެ.

މީގެ އިތުރުން، މި ލެބޯޓަރީގައި ޕްލާންޓް ޕެތޮލޮޖީ، އެންޓޮމޮލޮޖީ، ސޮއިލް ސައިންސް، އަދި ޕްލާންޓް ޓިޝޫ ކަލްޗަރގެ ޚިދުމަތްތައް ފޯރުކޮށްދިގެންދާނެއެވެ. 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލެބޯރެޓަރީ އިމާރާތްކުރުމުގެ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދަނޑުވެރިކަން ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. މި މަޝްރޫޢުއަށް ސަރުކާރުން 11 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާއިރު، ބޭނުންވާ އިކުއިޕްމަންޓްތައް މިހާރު ވަނީ ގަނެ ފުވައްމުލަކަށް ގެނެވިފައެވެ. މީގެ އިތުރުން، މުވައްޒަފުން ހޯދައި ތަމްރީނުކުރުމުގެ މަސައްކަތްތައް ވެސް ވަނީ ފެށިފައެވެ. މި މަޝްރޫޢުގެ ސަބަބުން ޤައުމީ ފެންވަރުގައި ދަނޑުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް އުންމީދުކުރެވެއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދެވެނީ ފުވައްމުލަކު ސިޓީ ކައުންސިލްގެ މުހިންމު އެއްބާރުލުމާ އެކުގައެވެ. މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ބެލެހެއްޓުމާއި، ކޮންޓްރެކްޓަރުގެ މަސައްކަތްތަކަށް އެހީތެރިވުމަށްޓަކައި ފުވައްމުލަކު ސިޓީ ކައުންސިލާއެކު ވަކި އެއްބަސްވުމެއްގައި ސޮއިކުރެވިފައިވެއެވެ. މި ޤައުމީ ލެބޯޓަރީ ޤާއިމުކުރެވުމުން ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށާއި ޚާއްޞަކޮށް ފުވައްމުލަކު ސިޓީގެ އިޤްތިޞާދަށް ފާހަގަކުރެވޭފަދަ ކުރިއެރުމެއް ލިބޭނެކަމަށް އުންމީދުކުރެވެއެވެ. މި މަޝްރޫޢަކީ ސަރުކާރާއި ލޯކަލް ކައުންސިލްތަކާއި އަމިއްލަ ވިޔަފާރިތައް ގުޅިގެން ކުރިއަށް ގެންދާ ނަމޫނާ މަޝްރޫޢެއްގެ ގޮތުގައި ވެސް ފާހަގަކުރެވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު