އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާއި ގުޅޭގޮތުން ކްރޮސް ރޯޑްސް މޯލްޑިވްސްއާއެކު މަޝްވަރާކޮށްފި

އައިޝަތު ޝިއުރާ
29 Aug 2024
ހަބަރު

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން، އިޖުތިމާއީ ހަމަޖެހުން ގާއިމްކުރުމާ އާއިލީ ތަރައްގީއަށް ކުރާ ތަފާތު މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދީ ހިއްސާދާރެއްގެ ގޮތުގައި މަސައްކަތް ކުރުމާއި ގުޅޭގޮތުން ކްރޮސްރޯޑްސް މޯލްޑިވްސްގެ މުއައްސިސުންނާ މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުމުގައި އެ ފަރާތުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ތެރެއިން ވަޒީފާއަށް ނިކުތުމަށް ތައްޔާރުވާ ކުދިންނަށް އިންޓާންޝިޕް ފުރުސަތުތައް ފަހިކޮށްދިނުމުގެ އިތުރުން، އާމްދަނީ ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތަފާތު އެހީތެރިކަން ފޯރުކޮށްދިނުމާއެކު، އާއިލާތަކުގެ ހާލަތު ރަނގަޅުކުރުމަށް މި ވުޒާރާއިން ހިންގާ ޕްރޮގްރާމުތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމާ އެއްވެސް ފަރުދަކު ބާކީ ނުވާނެހެން އެންމެން ޝާމިލުވާ އުފާވެރި މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ކްރޮސްރޯޑްގެ ޓީމުން އަބަދުވެސް އެއްބާރުލުން ދެއްވާ ޝައުގުވެރިކަމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްތައް މި ވުޒާރާއިން އުފަލާއެކު ފާހަގަކޮށް އެކަމަށްޓަކައި ޝުކުރު އަދާކުރަމެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު