ހެލިކޮޕްޓަރު އޮޕަރޭޝަން ފެއްޓުމަށް އިއުލާންކުރުމުން 36 ފަރާތަކުން ކުރިމަތިލައްވައިފި: އަމީން

އަލީ އަޒްލީފް
30 Aug 2024
ހަބަރު

ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޞަން ފެއްޓުމަށް ސަރުކާރުން ކުރި އިއުލާނަށް 36 ފަރާތަކުން ކުރިމަތިލައްވާފައިވާ ކަމަށް މިނިސްޓަރ އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ ޕީ.އެސް.އެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ އަމީން ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަނަށް ކުރިމަތިލައްވާފައިވަނީ ދުނިޔޭގެ ހެލިކޮޕްޓަރ އޮޕަރޭޝަންގެ ބޮޑެތި ކުންފުނިތަކެވެ. މިހާރު ކުރިއަށްދަނީ މި މަޝްރޫއަށް އެންމެ އެކަށީގެންވާ ޕްރޮޕޯނެންޓެއް ހޯދުމުގެ މަސައްކަތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި މަސައްކަތް ކުރިއަށްދަނީ ކަނޑައެޅިފައިވާ ޝެޑިއުލްއާ އެއްގޮތަށް. އަޅުގަނޑުމެން އުންމީދު ކުރަނީ ވީހާވެސް އަވަހަކަށް މި ޚިދުމަތް ރާއްޖޭގައި ފެށިގެންދާނެ ކަމަށް،" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޝަން ފެށުމަކީ ޓޫރިޒަމް އަދި މެޑިކަލް އިވެކުއޭޝަން ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ. މީގެ އިތުރުން، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމަށްވެސް މިކަމުން ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު