ސިނަމާލެ ބްރިޖް އަށް ހަ އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ

އަލީ އަޒްލީފް
30 Aug 2024
ހަބަރު

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް "ސިނަމާލެ ބްރިޖް"އަށް 6 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ތަހުނިޔާ ވިދާޅުވީ މި ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން މީސް މީޑިއާ މަންސައެއް ކަމުގައިވާ އެކްސް މެދުވެރިކުރައްވައި، ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި 30 އޯގަސްޓް 2018 ވަނަ ދުވަހު ހުޅުވިގެންދިޔަ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަށް 6 އަހަރު ފުރުން ފަޚުރުވެރިކަމާއެކު ފާހަގަކުރައްވާކަމުގައި ބަޔާންކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ އިންޖިނިއަރިންގގެ ކާމިޔާބީ ފާހަކުރައްވައި އަދި މި ބްރިޖަކީ ހަމައެކަނި ދިވެހިރާއްޖޭގެ ރަށްތައް ގުޅާލުމުގެ ރަމްޒެން ނޫންކަމުގައި ވިދާޅުވެފައިވެއެވެ. އޭގެ އިތުރަށްވެސް މި ބްރިޖަކީ ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ދެގޮތެއްނުވާ ގާތް ރަޙުމަތްތެރިކަމާއި، ދެޤައުމުގެ މެދުގައި އޮތް އިތުބާރުގެ ރަމްޒެއް ކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މި ބްރިޖަކީ ތަރައްޤީ އާއި ތަނަވަސްކަމަށްޓަކައި ޗައިނާ އާއި ދިވެހިރާއްޖޭގެ ހިޔާލު އެއްގޮތްކަމާއި އެއްބައިވަންތަ ވިސްނުމުގެ ހެއްކެއް ކަމުގައެވެ.

ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

ކޮމެންޓް
އިތުރު ލިއުން
ނަޞްރުގެ ދުވަހާއި ގުޅިގެން ނޮވެމްބަރު 2 ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި
ދައުލަތުގެ މުވައްޒަފުންނަށް މެދުކެނޑުމެއްނެތި ޗުއްޓީ ދިނުމަށް ހަފްތާ ބަންދުގެ ބްރޭކެއް އިތުރުކޮށް، ނޮވެމްބަރު 2 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިއުލާން ކުރައްވައިފިއެވެ.
23 Oct 2025
ހަބަރު
އިތުރު 5 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފި
ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
23 Oct 2025
ހަބަރު
ލ.ފޮނަދޫގައި އެމްއައިބީގެ ސާވިސް ސެންޓަރެއް ހުޅުވައިފި
ލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސާވިސް ސެންޓަރެއް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭގޮތަށް ލ. ފޮނަދޫގައި އިއްޔެ ހުޅުވައިފިއެވެ.
22 Oct 2025
ހަބަރު
ހައްދުންމައްޗަށް ކުރެއްވި 3 ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަންނަވައިފި
ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު މާލެ ވަޑައިގަންނަވައިފިއެވެ.
22 Oct 2025
ހަބަރު