ދިވެހިރާއްޖެއާއި ސަޢޫދީ އަރަބިއްޔާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާއާއި ގުޅުންހުރި ފަހުމުނާމާގައި ސޮއިކުރައްވައިފި

އައިޝަތު ޝިއުރާ
30 Aug 2024
ހަބަރު

ދިވެހިރާއްޖެއާއި ސަޢޫދީ އަރަބިއްޔާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާއާއި، ސީޕްލޭން އޮޕަރޭޝަން އަދި ވޯޓަރ އެއަރޮޑްރޯމްއާއި ގުޅޭ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް އެކުލަވާލާފައިވާ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. 

މި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގޮސްފައިވަނީ ސަޢޫދީ އަރަބިއްޔާގެ ރަތް ކަނޑުގެ ސަރަހައްދުގައި އޮންނަ އުމްލުޖް ސިޓީގައެވެ.

މި ފަހުމުނާމާއަކީ ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި ސަޢުދީ އަރަބިއްޔާގެ ގެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަންއާ ދެމެދު ވެވޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން އޭވިއޭޝަންގެ ސަބަބުން ތިމާވެށްޓަށް ކުރާ އަސަރު ކުޑަކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީނެވެ. އަދި ސަޢުދީ އަރަބިއްޔާގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ހިސް އެކްސެލެންސީ ސާލޭ ބިން ނާސަރު އަލް ޖަސަރެވެ.

މި ރަސްމިއްޔާތުގައި ސަޢުދީ އަރަބިއްޔާގެ ގެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަންގެ ރައީސް ހިސް އެކްސެލެންސީ އަބްދުލް އަޒީޒް އަލް ދުޢައިލެޖް އަދި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސްވެރިންނާއި، ސަޢުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު