މާފުށީ ޖަލުގައި ދިވެހި ސަގާފީ ގޯތި އިފްތިތާޙުކޮށްފި

އައިޝަތު ޝިއުރާ
30 Aug 2024
ހަބަރު

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން މާފުށީ ޖަލުގައި ޤާއިމްކުރި ސަގާފީ ސެންޓަރު “ދިވެހި ސަގާފީ ގޯތި”  ހުޅުވައިފިއެވެ.

“ދިވެހި ސަގާފީ ގޯތި” ހުޅުވައިދެއްވީ އެކަމަށް ބޭއްވި ޚާއްސަ ރައްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އޮނަރަބަލް ޢަލީ އިޙްސާން، މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް ކަލްޗަރ އެންޑް ހެރިޓޭޖް އޮނަރަބަލް އާދަމް ނަޞީރު އިބްރާހިމް، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ، އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރ އަޙްމަދު އަޝްފާން އާއި ދައުވަތު އެރުވުނު މެހެމާނުން ބައިވެރިވެލެއްވިއެވެ.

މާފުށީ ޖަލުގައި އިފްތިތާޙްކުރި ދިވެހި ސަގާފީ ގޯތީގެ ބޭނުމަކީ ދިވެހި ޞަގާފަތް އާލާކޮށް ދިރުވުމުގެ އިތުރުން، ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދާ ޤައިދީންނަށް ސަގާފީ މަސައްކަތްތައް ދަސްކޮށްދީ، ޤައިދީންގެ އުފެއްދުންތައް “ސަގާފީ ގޯތި” މެދުވެރިކޮށް ދައްކާލުމާއި، އެތަކެތި ވިއްކައިގެން އާމްދަނީއެއްވެސް ލިބުމިގެ ފުރުޞަތު ހޯދައިދިނުމެވެ. ދިވެހި ސަގާފީ ގޯތި ފަރުމާކުރެވިފައިވަނީ އިހުގެ ދިވެހީންގެ އާދަކާދައާއި، ދިރިއުޅުމާއި މަސައްކަތްތައް ދައްކުވައިދޭ ގޮތަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ މިއަދުގެ ދިވެހިންގެ ދިރިއުޅުމުގެ ބަޔަކަށް ދިވެހިންގެ ރީތި ސަގާފަތް ހެދުމުން ކުރާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވަމުން، ދިވެހި ސަގާފަތާއި ދިވެހިންގެ ތަރިކައިގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ. އަދި ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވާ މައްސަލަތަކަށް ޙައްލު ލިބެން އޮތީ ދިވެހި ޤައުމިއްޔަތު އިޢާދަކުރެވިގެންކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އޮނަރަބަލް ޢަލީ އިޙްސާންގެ ވާހަކަފުޅުގައި ސަގާފީ ގޯށްޗަށާއި އެ ގޯތި ޤާއިމުކުރުމުގައި ހަރަކާތްތެރިވި އޮފިސަރުންނަށާއި ޤައިދީންނަށް ތައުރީފްކުރައްވަމުން ވިދާޅުވީ ޤައިދީން ރިހެބިލިޓޭޓްކުރުމުގައި މިހާރަށްވުރެއް ބޮޑަށް ޤައުމިއްޔަތާއި ސަގާފަތް ހިމަނައިގެން އެކަންކަން ކުރިއަށްގެންދިއުން މުހިއްމުކަމަށެވެ. އަދި ޤައިދީންގެ ރިހެބިލިޓޭޝަން ޕްރޮގްރާމުގެ ތެރެއިން މަސައްކަތްކޮށްގެން ޢާމްދަނީއެއް ލިބޭނެ ފުރުޞަތުތައް ހޯދައިދިނުމުގެ އިތުރުން، މަސައްކަތް ކުރާ ކޮންމެ ދުވަހަކީ ޖަލު ހުކުމުން އުނިވާ ދުވަހެއް ކަމުގައި ހަދަން ނިންމާފައިވާ ކަމަށް ވިދާޅުވެ، އެކަން ތަންފީޛުކުރަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް އެމްސީއެސްއިން ކުރުމަށް އިރުޝާދުދެއްވިއެވެ. އަދި އެއަރޕޯޓްގައިވެސް ޤައިދީންގެ އަތްތެރި މަސައްކަތުން ތައްޔާރުކުރާ ސަގާފީ އުފެއްދުންތައް ވިއްކޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރައްވަމުންދާ ގެންދަވާކަމަށާއި އެ އުފެއްދުންތައް ވިއްކައިގެން ލިބޭ ފައިސާގެ ޕަސެންޓޭޖެއް ޤައިދީންނަށް ލިބޭނެގޮތް ހައްދަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު