ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ މާމަކާފައިންގެ ދުވަހުގެ ތަހުނިޔާ އަރިސްކޮށްފި

އަލީ އަޒްލީފް
01 Sep 2024
ހަބަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ މާމަކާފައިންގެ ދުވަހުގެ ތަހުނިޔާ އަރިސްކޮށްފިއެވެ.

އެމަނިކުފާނު ސޯޝަލް މީޑިއާގައި ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވެފައިވަނީ އާރުލާ، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް، މާމައިންނާއި ކާފައިންގެ ނަސޭހަތާއި މަގުދެއްކުން ދިވެހި ޤައުމަށް ބޭނުންވާކަމަށެވެ.

މާމަކާފައިންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ މާމަކާފައިން ކޮށްދެއްވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމާއި، މާމަކާފައިންނާއި މާމަ ކާފަ ދަރިންނާއެކު އޮންނަ ގުޅުން ބަދަހިކުރުމެވެ. މީގެ އިތުރުން، އެމީހުންނަށް ކަމޭހިތުމާއި އެމީހުންނަށް އަޅާލައި، އޯގާތެރިކަމާއެކު އެމީހުންނާމެދު ޢަމަލުކުރުމަށް މުޖުތަމަޢު އަހުލުވެރިކުރުމަކީ ވެސް މިދުވަސް ފާހަގަ ކުރުމުގެ އެއް ސަބަބެވެ.

‎އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިސްރަށްވެހިންނަށް ޚާއްސަ މަރުކަޒުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވަޢުދުފުޅެކެވެ. މިގޮތުން އެމަނިކުފާނުގެ ވެރިކަމުގެ  ފުރަތަމަ 14 ހަފްތާގައި މިފަދަ މަރުކަޒެއް މާލޭގައި ޤާއިމްކުރައްވާފައިވާއިރު  މިހާރު  ހުޅުމާލޭގައިވެސް  އިސްރަށްވެހިންގެ  ނާދީއެއް  ހުޅުވުމަށްވަނީ  ތައްޔާރުވެފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު