އެއާޕޯޓުގެ އިރުމަތީ ފަރާތުގައި ހުޅުވި ސެކިއުރިޓީ ޗެކް ޕޯސްޓް -- ފޮޓޯ: އެމްއޭސީއެލް

އެއާޕޯޓްގެ ސަލާމަތީ ކަންކަން ވުރުގަދަކުރުމަށް ޗެކްޕޯސްޓެއް ހުޅުވައިފި

އަލީ ޝާހީން
17 Jul 2024
ހަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ޓަކައި އެއާޕޯޓްގެ އިރުމަތީ ފަރާތުގައި ސެކިއުރިޓީ ޗެކް ޕޯސްޓެއް ހުޅުވައިފިއެވެ.

އެއާޕޯޓްގެ ސަލާމަތީ ކަންކަން ވުރުގަދަކުރުމަށް ޗެކްޕޯސްޓެއް އިއްޔެ ހުޅުވައިފިވާއިރު މިޕޯސްޓް ހުޅުވާފައިވަނީ ވެލާނަ އިންޓާނޭޝަނަލް އެއާޕޯޓުގެ އިރުމަތީ ފަރާތުގައެވެ. މި ޕޯސްޓް ހުޅުވައިދެއްވީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ އިބުރާހިމް ޝަރީފް މުހައްމަދުއެވެ.

އިއްޔެ މި ޗެކް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ޝަރީފް މީޑިއާ އާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކާފައިވެއެވެ، މީޑިއާ އާއި ބައްދަލު ކުރައްވާ ޝަރީފް ވިދާޅުވީ، މި ގާއިމު ކުރެވުނު ޗެކް ޕޯސްޓް ތަކަކީ ވަރަށް ޒަމާނީ ޗެކް ޕޯސްޓް ތަކެއް ކަމަށެވެ. އަދި އެއާޕޯޓްގެ ސަލާމަތާއި ކައްކާތެރިކަމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފް ވިދާޅުވީ ހުޅުވުނު ޗެކްޕޯސްޓުގެ ސަބަބުން ކަސްޓަމްސް އަށް ވަރަށޤ ބޮޑު ލުޔެއް ލިބިގެން ދާނެކަމަށެވެ. ކަސްޓަމްސްގެ އެއް މަސައްކަތަކީ ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތި ހުއްޓުވުން ކަމަށްވީއުރު އެކަމަށް ބޮޑު ލުޔުއް ލިބޭނެކަން ފާހަގަ ކުރައްވާ އޭނަ ވިދާޅުވީ މީގެ ފަހުން އެއާ ސައިޑުން ނުކުންނަ އަދި ވަންނަ ފަރާތްތަށް ކަސްޓަމްސްއިން ވަރަށް ރަނގަޅަށް ބަލާ ފާސް ކުރެވޭނެ ކަމަށެވެ. 

އިތުރަށް އެމްޑީ ވިދާޅުވީ، އެ ޗެކް ޕޯސްޓަކީ އެއާޕޯޓްގެ ސަލާމަތާއި ރައްކާތެރިކަމަށާއި، ސުމަގްލިންގ އަދި ޓުރެފިކް ކުރުން ހުއްޓުވުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅަކަށް ވާނެ ކަމަށެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު