ވޯލްޑްބޭންކުގެ އައު ކަންޓްރީ މެނޭޖަރ މިނިސްޓަރ ތާރިޤް އިބްރާހީމަށް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފި

އައިޝަތު ޝިއުރާ
02 Sep 2024
ހަބަރު

ވޯލްޑްބޭންކުގެ އައު ކަންޓްރީ މެނޭޖަރ މިނިސްޓަރ ތާރިޤް އިބްރާހީމްއާ އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ.

ވޯލްޑްބޭންކުގެ އައު ކަންޓްރީ މެނޭޖަރ، މިސްޓަރ ގެވޯގް ސަރގްސްޔަން، މިއަދު މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނާރޖީ، ތާރިޤް އިބްރާހީމްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގައި މިހާރު ހިނގަމުންދާ އަދި ކުރިއަށް ރޭވިފައިވާ ވޯލްޑްބޭންކުގެ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މި މަޝްރޫޢުތައް އަވަސް ކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ދެފަރާތުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ތާރިޤް އިބްރާހީމްއާއެކު ބޭއްވުނު މި ބައްދަލުކުރެއްވުމަކީ، ވޯލްޑްބޭންކުގެ އައު ކަންޓްރީ މެނޭޖަރގެ ހައިސިއްޔަތުން މިސްޓަރ ސަރގްސްޔަން ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެކެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ވޯލްޑްބޭންކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.

މި ބައްދަލުކުރެއްވުން ބޭއްވުނީ މިނިސްޓްރީ އޮފް ކުލައިމެޓް ޗޭމްޖް އެންވަޔަރަމެންޓް އެންޑް އެނާރޖީގައި އިއްޔެގެ ވަގުތެއްގައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު