ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުންގެ ބޭސިކް ޓްރެއިނިންގ ކޯސް 3 ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

އައިޝަތު ޝިއުރާ
02 Sep 2024
ހަބަރު

ސްޕެޝަލް ކޮންސްޓެބުލަރީ ބޭސިކް ކޯސް-3 ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގގައި މިއަދު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޑެޕިއުޓީ ހެޑް އޮފް އޮޕަރޭޝަނަލް ސަޕޯޓް ކޮމާންޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޔޫނުސް ޞޮބާޙެވެ. ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވައި އެސިސްޓެންޓް ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ މުއައްސަސާ ކުރިއެރުވުމަށާއި މުވައްޒަފުން ބިނާކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން، ސްޕެޝަލް ކޮންސްޓެބުލަރީއަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށާއި، އެފަރާތްތައް ތަމްރީނުކުރުމަށް މިހާރުގެ ލީޑަރޝިޕުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން އެސިސްޓެންޓް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި ތަމްރީނު ފުރިހަމަކުރި ބައިވެރިންނަށް އަމާޒުކުރައްވައި، މަސައްކަތުގައި ނަމޫނާ ބަޔަކަށްވުމަށާއި، ތަމްރީނުގައި ދަސްކުރި ކަންކަން އަމަލީ މައިދާނުގައި ޕްރޮފެޝަނަލްކޮށް ބޭނުންކުރުމަށާއި، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އޯގާތެރިކަމާއި އިހުތިރާމާއެކު ހިދުމަތް ފޯރުކޮށްދިނުމަށް އިލްތިމާސްކުރެއްވިއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ޖުމުލަ 20 ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުން ބައިވެރިވިއެވެ. އޭގެ ތެރެއިން 16 ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުން ވަނީ ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައެވެ. ކޯހުން އެންމެ މޮޅު ނަތީޖާ ހޯދައި، އެއްވަނައަށް ހޯދާފައިވަނީ ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލް އަޙްމަދު ސަދާނެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު