209 ޒުވާނުން ޚަޠީބުކަމުގެ ސަނަދު ހާސިލްކޮށްފި

އައިޝަތު ޝިއުރާ
02 Sep 2024
ހަބަރު

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހިންގަވާ "ޒުވާން ޚަޠީބުން" ޕްރޮގުރާމުގެ ދެވަނަ ބުރުގައި ޚަޠީބުކަމުގެ ސަނަދު ހާސިލްކުރި 209 ޚަޠީބުންނަށް ސަނަދު ޙަވާލުކުރައްވައިފިއެވެ.

މި ކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޙާއްސަ ރަސްމިއްޔާތެއް ބާއްވަައިފައެވެ. މި ރަސްމިއްޔާތުގައި ޚަޠީބުންނަށް ސަނަދު ހަވާލުކޮށްދެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޞައިޚް މުޙައްމަދު ލަޠީފާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް ޑރ. މޫސާ އަންވަރު ޙަސަނާއި ދިވެހިރާއްޖޭގެ ފަތުވާ މަޖިލީހުގެ މެންބަރު ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިނެވެ.

މި ރަސްމިއްޔާތުގައި ވާހަަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، "ޒުވާން ޚަޠީބުން" ޕްރޮގުރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެކު، ކުރިއަށް ގެންދަވާ ޕްރޮގުރާމެއްކަމަށާއި، މިހައިތަނަށް 300އަށް ވުރެ ގިނަ ޒުވާނުން މި ޕްރޮގުރާމު ފުރިހަމަކުރުމުން އެނގެނީ މި ޕްރޮގުރާމަކީ މުޖުތަމަޢުއަށް ބޭނުންތެރި ޕްރޮގުރާމެއްކަމަށެވެ.

މީގެ އިތުރަށް މި ދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީންކުރެއްވުމަކީ އަމާޒެއްކަމަށާއި މި އަމާޒު ޙާސިލްކުރެއްވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ޒުވާން ޚަޠީބުން ހާސިލްކުރެއްވި މަތިވެރި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ މި ރޮނގުން އިތުރަށް ކުރިއަށް ދިއުމަށާއި މުޖުތަމަޢު ބަލައިގަންނަ ފަދަ ބަޔަކަށްވުމަށް ވަނީ ނަޞޭޙަތްތެރިވެވަޑައިގެންފައެވެ.

ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތިންވަނަ ބުރު ވަރަށް އަވަހަށް ފައްޓަވާން ނިންމަވައިފައިވާކަން ވެސް ވަޒީރު ވަނީ މިއަދު އިޢުލާނުކުރައްވައިފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު