ދެމެހެއްޓެނިވި މަސްވެރިކަމާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

އައިޝަތު ޝިއުރާ
02 Sep 2024
ހަބަރު

ލ. އަތޮޅުގައި އެންދެރި ޕްރޮޖެކްޓް ގެ ތެރެއިން ކުރިއަށް ގެންދިޔަ ދެމެހެއްޓެނިވި މަސްވެރިކަމާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް މި ހަފްތާގައި މޯލްޑިވްސް ރެސިލިއެންޓް ރީފްސް އިން ނިންމާލައިފިއެވެ.

މި ޕްރޮގްރާމްގެ އެންމެ ފަހު ސެޝަން ބޭއްވުނީ ލ. މާމެންދޫ ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ. މި ސެޝަންގައި 19 ދަރިވަރުން ބައިވެރިވިއެވެ.

މި ޕްރޮގްރާމްގެ ކުރީގެ ސެޝަންތަކުގައި ވަކިވަކިން އަމާޒުކުރެވުނީ ކަނޑު މަސްވެރިންނާއި ފަރުމަސްވެރިންނަށާއި، މަސް ޕްރޮސެސްކުރާ ފަރާތްތަކަށެވެ. މީގެ ތެރޭގައި ލ. މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ޒިޔާރަތްކޮށް، މަސް ޕްރޮސެސްކުރުމުގައި ސާފުތާހިރުކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާނެ ގޮތްތައް ދައްކައިދިނުން ހިމެނެއެވެ.

މި ސެޝަންތަކުގައި މަސްވެރިކަން ރައްކާތެރިކުރުމާ ގުޅޭ ތަފާތު ގިނަ މައުޟޫތަކެއް ހިމެނުނެވެ. މީގެ ތެރޭގައި ދުނިޔޭގެ މަސްވެރިކަމުގެ ޙާލަތާއި، ގުޅުންހުރި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެ ޤާނޫނުތަކާއި ޤަވާއިދުތައް އެކުލަވާލެވިފައިވާ ސަބަބުތަކާއި، އަދި މަސްވެރިންނަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށް އެހީތެރިވެދޭނެ ޒަމާނީ ޓެކްނޮލޮޖީތައް ހިމެނެއެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މޯލްޑިވްސް ރެސިލިއެންޓް ރީފްސް އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު