އެމްއެންޔޫ އިން ދިރާސާކުރުމާއި ފޮތް ލިޔުމަށް ބޭނުންވާ މާލީ އެހީ ދީފި

އައިޝަތު ޝިއުރާ
02 Sep 2024
ހަބަރު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އެކި ދާއިރާތަކުގައި ދިރާސާކުރާ ފަރާތްތަކާއި ފޮތް ލިޔުއްވާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ދެއްވައިފިއެވެ.

ދިރާސާކުރާ ފަރާތްތަކާއި ފޮތް ލިޔާ ފަރާތްތަކަށް ޚާއްސަކޮށް އެމްއެންޔޫގައި ބޭއްވި ދެ ރަސްމިއްޔާތުގައި، މަލީ އެހީ ޙަވާލުކޮއްދެއްވީ އެ ޔުނިވާސިޓިގެ ވައިސް ޗާންސެލަރ، ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.

"އެމްއެންޔޫ ރިސާޗް ގްރާންޓްސް އެވޯޑިންގ ސެރެމޮނީ 2024"ގެ ނަމުގައި ބޭއްވި ރަސްމިއްޔާތުގައި، ކ.ތިލަފުށީގައި މައިކްރޯޕްލާސްޓިކްގެ ސަބަބުން ކަނޑުގެ ދިރުމާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރާއި، ދިވެހިރާއްޖޭގައި ކެންސަރު އިތުރު ވެފައިވާ މިންވަރާއި، އެ ބަލި ޖެހުމަށް ދިމާވާ ސަބަބުތަކާއި، ހއ އަދި ޅ އަތޮޅާއި ދޭތެރޭގައިވާ 7 ރަށުގެ މަސްވެރިކަމާއި، ހުސްބިންތަކާއި އާންމުންނަށް ހުޅުވާލެވިފައިވާ ތަންތަން ދެމެހެއްޓެނިވި އުމްރާނީ ތަރައްޤީ ހޯދުމަށް އަލުން ފަރުމާކުރުމާއި، ޒުވާނުން ދިވެހި ބަހާމެދު ދެކޭގޮތާއި ދިވެހިބަހުގެ ޤާބިލުކަން މިންކުރާގޮތުގެ އިތުރުން މަތީ ތަޢުލީމު ހާޞިލުކުރާ ފިރިހެން ދަރިވަރުންގެ އަދަދު މަދުވާ ސަބަބުތަށް ފަދަ އެތަށް މަޢުލޫއަކާއި ގުޅޭގޮތުން ދިރާސާކުރުމުގެ މަލީ އެހީ ފޯރުކޮއްދެއްވާފައިވެއެވެ.

"އެމްއެންޔޫ ބުކް ރައިޓިންގ ގްރާންޓް އެވޯޑިންގ ސެރެމޮނީ 2024"ގެ ނަމުގައި ބޭއްވި ރަސްމިއްޔާތުގައި ފޮތް ލިޔުއްވަން ބޭނުންވާ އެތަށް ފަރާތަކަށް ވަނީ މާލީ އެހީތެރިކަން ލިބިފައެވެ. ފޮތް ލިޔުމަށް މާލީ އެހީ ލިބުނު ފޮތްތަކުގެ ތެރޭގައި، "އެޕްލައިޑް ބަޔޯމެޑިކަލް ސައިންސް: ޓެކްނީކްސް އެންޑް ޕްރޮޓޮކޯލްސް"، "އެކްސްޕްލޮއިޓޭޝަން އޮފް އާޓިފިޝަލް އިންޓެލިޖެންސް: ޓްރާންސްފޮރމޭޓިވް އެޕްލިކޭޝަންސް އެކްރޮސް ޑިސިޕްލިންސް"، "ވިލުން" އަދި "އަ ބްރީފް އިންޓްރޮޑަކްޝަން ޓު މޯލްޑިވިއަން ކްރިމިނަލް ލޯ" ހިމެނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އަންނަނީ ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގައި ދިމާވާ ގޮންޖެހުންތަކާއި ރާއްޖޭގެ ކުރިއެރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ދިރާސާކޮށް، ޤައުމުގެ ގޮންޖެހުންތަށް ޙައްލުކުރުމުގެ އިތުރުން ޤައުމު ކުރިއެރުވުމުގެ ޤާބިލްކަންހުރި، އުފެއްދުންތެރި ޖީލެއް ބިނާ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު