ކްލިކް ކޮލެޖްގެ ބިޒްނަސް މެނޭޖްމަންޓް ކޯސް ބްލެންޑެޑްކޮށް ހިންގުމުގެ ހުއްދަ ދީފި

އައިޝަތު ޝިއުރާ
02 Sep 2024
ހަބަރު

މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރިޓީ(އެމްކިޔުއޭ) އިން ކްލިކް ކޮލެޖުން ކުރިއަށް ގެންދާ ބެޗްލަރ އޮފް ބިޒްނަސް މެނޭޖްމެންޓް ކޯސް ބްލެންޑެޑް މޮޑާލިޓީގެ ދަށުން ހިންގުމުގެ ހުއްދަ ދީފިއެވެ.

އެމްކިޔުއޭ އިން 28 ޖުލައި 2024 ވަނަ ދުވަހު ނެރުން އިޢުލާނުގައި، ކްލިކް ކޮލެޖްގެ ބެޗްލަރ އޮފް ބިޒްނަސް މެނޭޖްމެންޓް ކޯހަކީ އީ-ލާނިންގ މޮޑާލިޓީ އަދި ބްލެންޑެޑް މޮޑާލިޓީގެ ދަށުން ހިންގުމަށް އެމްކިޔުއޭގެ ހުއްދަ ދީފައިވާ ކޯހެއް ނޫންކަން ހާމަކޮށް، އެ ކޮލެޖުގެ މައްޗަށް ފިޔަވަޅު އަޅާފައިވެއެވެ.

ނަމަވެސް، 11 އޮގަސްޓް 2024 ވީ ދުވަހު، ކްލިކް ކޮލެޖުން އެމްކިޔުއޭއާއި ބައްދަލުކުރައްވައި، އެ ކޮލެޖުން ކުރިއަށް ގެންދާ ބެޗްލަރ އޮފް ބިޒްނަސް މެނޭޖްމެންޓް ކޯސް ބްލެންޑެޑް ލާނިންގ މޮޑާލިޓީ (ފޭސް-ޓު-ފޭސް އަދި އީ-ލާނިންގ ހިމެނޭހެން)ގެ ދަށުން ކުރިއަށް ގެންދިޔުމުގެ އެކްރެޑިޓޭޝަން ނުވަތަ ހުއްދައަށް އެދި އެމްކިޔުއޭއަށް ހުށަހަޅާފައިވެއެވެ.

އެކްކިޔުއޭ އިން ވަނީ ކްލިކް ކޮލެޖަށް ޒިޔާރަތްކޮށް، އެ ކޮލެޖުގައި، ބްލެންޑެޑް ލާނިންގ މޮޑާލިޓީގެ ދަށުން ދަރިވަރުންނަށް ކިޔަވައިދިނުމުގެ ވަސީލަތްތަކާއި ފެންވަރު ހުރިކަން ކަށަވަރުކުރުމަށްފަހު، ފޭސް-ޓު-ފޭސް، އީ-ލާނިންގ އަދި ބްލެންޑެޑް މޮޑާލިޓީގެ ދަށުން ބެޗްލަރ އޮފް ބިޒްނަސް މެނޭޖްމެންޓް ކޯސް ހިންގުމަށް 26 އޮގަސްޓް ވީ ދުވަހު ކްލިކް ކޮލެޖަށް ހުއްދަ ދީފައެވެ.

މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރިޓީ(އެމްކިޔުއޭ) ގެ ހުއްދައާއި ޚިލާފަށް ދިވެހިރާއްޖޭގެ އެއްވެސް ތަޢުލީމީ މަރުކަޒަކުން ކޯހެއް ހިންގުމަކީ ޤާނޫނާއި ޚިލާފުކަމެކެވެ. އެގޮތުން، ރާއްޖޭގައި ކުރިއަށް ގެންދާ ކޯސްތަކާއި ޕްރޮގްރާމްތަކަކީ ފެންވަރު ރަނގަޅު ޕްރޮގްރާމްތަކެއްކަން ކަށަވަރުކުރުމަށް އެމްކިޔުއޭ އިން އަންނަނީ އެ އިދާރާ އިން ދީފައިވާ ހުއްދައާއި ޙިލާފަށް ޢަމަލުކުރާ ތަޢުލީމީ މަރުކަޒުތަކުގެ މައްޗަށް ފިޔަވަޅުއަޅަމުންނެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު