އޯލެވެލް އަދި އޭލެވެލްގެ "ފޭކް" ސަނަދުތަކާމެދު ސަމާލުވުމަށް އެމްކިޔުއޭ އިން އިލްތިމާސްކޮށްފި

އައިޝަތު ޝިއުރާ
02 Sep 2024
ހަބަރު

މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ވަނީ އޯ ލެވެލް އަދި އޭ ލެވެލްގެ ސައްޙަ ނޫން ސަނަދުތަކެއް ދައުރުވަމުން އަންނަކަން ފާހަގަކޮށް،އެ ސަނަދުތަކާއި މެދު މަތީ ތަޢުލީމު ދޭ މަރުކަޒުތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އެމްކިޔުއޭއިން ނެރެފައިވާ އިލްތިމާސް ބަޔާނުގައި، މަތީ ތަޢުލީމު ފޯރުކޮއްދޭ މަރުކަޒުތަކުން ދަރިވަރުންނަށް ކޯސްތަކާއި ޕްރޮގްރާމްތަކުގެ އެންރޯލްމަންޓް ނުވަތަ ޖާގަ ދިނުމުގެ ކުރިން، ކޯހުގައި ބައިވެރިވުމަށް ހުށަހަޅާފައިވާ އޯ ލެވެލް އަދި އޭ ލެވެލް ސަނަދުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށް އަންގާފައިވެއެވެ.

މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ވަނީ މިފަދަ މައްސަލަތަށް ހައްލުކުރުމުގެ މަޤްސަދުގައި ދިވެހި ފުލުހުންގެ ޚިދުމަތާއި ބައްދަލުކުރައްވައި، އެމްކިޔުއޭގެ ސަމާލުކަމަށް އައިސްފައިވާ މިދަފަ މައްސަލަތަށް ފުލުހުންގެ އިސްބޭފުޅުންނާއި ހިއްސާކުރުމުގެ އިތުރުން މި ފަދަ އަމަލުތަށް ހުއްޓުވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު