ކޭސްވޯކަރއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލައިފި

އައިޝަތު ޝިއުރާ
02 Sep 2024
ހަބަރު

ނެޝަނަލް ކެރިއަރ ސަރވިސް (އެންސީއެސް)ގައި، ކޭސްވޯކަރއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ހުޅުވާލި ފުރުސަތުގައި މަސައްކަތް ކުރަންޖެހޭނީ ހުޅުމާލެ، އައްޑޫ ސިޓީ ހިތަދޫ އަދި ހދ.ކުޅުދުއްފުށި ސިޓީގައެވެ. މިގޮތުން ހުޅުމާލޭގައި މަސައްކަތްކުރުމުގެ 3 ފުރުސަތު، އައްޑޫ ސިޓީ ހިތަދޫގައި މަސައްކަތްކުރުމުގެ 1 ފުރުސަތު އަދި ހދ.ކުޅުދުއްފުށީގައި މަސައްކަތްކުރުމުގެ 1 ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިއީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ، ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސެސް (ސެއިލްސް) ޕްރޮޖެކްޓްގެ ކޭސްވޯކަރއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ހުޅުވާލާފައިވާ ފުރުސަތެކެވެ.

މި ޕްރޮޖެކްޓްކީ ވަޒީފާގެ މައިދާނުގައި ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮއްދިނުމާއި،ވަޒީފާ ހޯދުމުގައި ދިމާވާ ގޮންޖެހުންތަށް ހައްލު ކޮއްދިނުމަށް އަމާޒުކޮށް، ވޯލްޑެ ބެންކްގެ ޚަރަދުގައި ހިންގާ ޕްރޮޖެކްޓެކެވެ.

ސެއިލްސް ޕްރޮޖެކްޓްގައި 'ކޭސްވޯކަރ'އެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވައިލެވިފައިވާއިރު، މި މަސައްކަތުގެ މުއްދަތަކީ 1 އަހަރުދުވަހެވެ. މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ފުރުތަމަ 3 މަސްދުވަސް (ޕްރޮބޭޝަން)ގައި މަސައްކަތުގެ ފެންވަރަށް ބަލައި، އެއްބަސްވުން އައުކުރެވިގެންދާނެއެވެ. މި އެއްބަސްވުން ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރ މަހުގައެވެ.

މި ޕްރޮޖެކްޓްގައި ކޭސްވޯކަރ އެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ޝަރުރުތަކުގެ ތެރޭގައި، ހިއުމަން ރިސޯސް، ކަސްޓަމަރ ކެއަރ، ޕަބްލިކް ރިލޭޝަންސް، ސޯޝަލް ވޯކް ނުވަތަ އެއާއި ގުޅުން ހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާޞިލުކޮއްފައިވުން، ގުޅުން ހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، އިދާރީ މަސައްކަތްތަށް ކުރުމަށް، އެކްސެލް ފަދަ ކޮންޕިއުޓަރުގެ އެކި ޕްރޮގްރާމްތަކަށް އަހުލުވެރި ފަރާތެއްކަމުގައިވުން، ވަޒީފާގެ މައިދާނުގައި ޒުވާނުންނަށް ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޢުލުމާތު މުއްސަނދި ފަރާތެއްކަމުގައިވުން، ޕްރޮޖެކްޓްގެ ޓީމާއި ގުޅިގެން މަސައްކަތްކުރުމަގެ ޤާބިލްކަން ހުރި ފަރާތެއްކަމުގައިވުމުގެ އިތުރުން ދިވެހިބަސް އަދި އިނގެރޭސި ބަހަށް ފަރިތަ ފަރާތެއް ކަމުގައިވުން ހިމެނެއެވެ.

މި މަސައްކަތުގައި ޢަދާކުރަންޖެހޭ ޒިންމާތަކާއި ގުޅޭ އިތުރު މަޢުލުމާތު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން ގެޒެޓް ކޮއްފައިވާ އިޢުލާނުގައިވާ "ޓާރމްސް އޮފް އިންޓެރެސް"ގައި ބަޔާންކޮއްފައިވާނެއެވެ.

ކޭސްވޯކަރއެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ޝައުގެވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް،'އެކްސްޕްރެޝަން އޮފް އިންޓްރެސްޓް'، ކަވަރ ލެޓަރ، ތަޢުލީމީ ސެޓްފިކެޓްތަށް އަދި އިތުރު ލިޔެކިޔުންތަށް، [email protected] އަށް އީ-މެއިލް ކުރައްވައިގެން ހުށަހެޅޭނެއެވެ.

މި މަސައްކަތަށް ހުށަހެޅުމުގެ ސުންގަނޑިއަކީ 08 ސެޕްޓެންބަރު ވާ ބުދަ އާދިއްތަ ދުވަހުގެ 14:00 އެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު