އައި.ޔޫ.ސީ.އެންގެ 8 ވަނަ އޭޝިއާ ރީޖަނަލް ކޮންޒަވޭޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޠާރިޤު އިބްރާހިމް ފުރާވަޑައިގަންނަވައިފި

އައިޝަތު ޝިއުރާ
02 Sep 2024
ހަބަރު

އައި.ޔޫ.ސީ.އެންގެ 8 ވަނަ އޭޝިއާ ރީޖަނަލް ކޮންޒަވޭޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޠާރިޤު އިބްރާހިމް ފުރާވަޑައިގަންނަވައިފިއެވެ.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނަރޖީ އޮނަރަބަލް ޠާރިޤް އިބްރާހީމް މިއަދު ވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކްއަށް ވަޑައިގެންފައެވެ. މިނިސްޓަރ ވަޑައިގަތީ ސެޕްޓެމްބަރ 3 އިން 5 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އައި.ޔޫ.ސީ.އެންގެ 8 ވަނަ އޭޝިއާ ރީޖަނަލް ކޮންޒަވޭޝަން ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

"ރީއިމެޖިނިންގ ކޮންޒަވޭޝަން އިން އޭޝިއާ: އޭ ނޭޗަރ ޕޮޒިޓިވް ފިއުޗަރ" މި ތީމްގެ ދަށުން ބޭއްވޭ މި ފޯރަމްގައި އޭޝިއާ ސަރަހައްދުގެ ގިނަ ޤައުމުތަކެއްގެ ތިމާވެށީގެ ދާއިރާގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މި ފޯރަމްގައި އޭޝިއާ ސަރަހައްދުގެ ތިމާވެށި ހިމާޔަތްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވޭނެއެވެ.

މިނިސްޓަރ ޠާރިޤް އިބްރާހީމް މި ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޢުލޫމާތު ހިއްސާކުރައްވާނެ އެވެ. އަދި މި ދާއިރާއިން އެހެން ޤައުމުތަކުގެ ތަޖުރިބާ ހޯއްދަވައި، އިތުރު އެހީތެރިކަން ހޯއްދެވުމަށް މަސައްކަތް ކުރައްވާނެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު