ކެބިނެޓް ބައްދަލުވުން - ފޮޓޯ: ރައީސް އޮފީސް

އެމްއައިޓީޑީސީ އާއި އެގްރޯނެޓް އުވާލަން ވަޒީރުންގެ މަޖިލީހުން ނިންމައިފި

އަލީ ޝާހީން
03 Sep 2024
ހަބަރު

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އާއި އެގްރޯނެޓް ކޯޕަރޭޝަން އުވައިލަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

ރައީސް އޮފީހުގެ އާދިއްތާ ދުވަހުގެ ކެބިނެޓް ބައްދަލުވުމުގައި، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އެއްކޮށްލަން ނިންމާފައިވާއިރު، އެމްއެފްއެމްސީގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމަށް، އިންޓަގްރޭޓެޑް ޓޫރިޒަމްގެ މެންޑޭޓް، އެ ކުންފުނީގެ އަސާސީ ގަވާއިދަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެމްއައިޓީޑީސީ އުވާލުމަށް ފަހު އެ ކުންފުނިން ކުރަމުން އައި ހުރިހާ މަސައްކަތްތަކެއް އެމްއެފްއެމްސީގެ ދަށަށް ބަދަލުކުރަން ނިންމާފައިވެއެވެ.

މީގެ އިތުރުން، ދަނޑުވެރިކަން ކުރިއަރުވާ ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އުފެއްދި އެގްރޯނެޓް އުވާލުމަށް ފަހު، އެ ކުންފުނީގެ މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރަން ވަނީ ނިންމައިފައެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި ސަރުކާރުގައި މިދިޔަ ޖޫން މަހާ ހަމައަށް ދައުލަތުގެ ބަޖެޓުން އެގްރޯނެޓަށް 33 މިލިއަން ރުފިޔާ އަދި އެމްއައިޓީޑީސީއަށް 8.1 މިލިއަން ރުފިޔާ ދީފައިވެ އެވެ. އެހެންކަމުން ދެ ކުންފުނި އުވާލުމުން ދައުލަތުން ކުރާ ޚަރަދަށް ލުޔެއް ލިބޭނެއެވެ. 

ޚަރަދު ކުޑަލުރުމަށް ސަރުކާރު ހިއްސާވާ ދެ ކުންފުންޏެއް އުވާލަން ނިންމިއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ހަރަދު ކުޑަކުރުމުގެ ގޮތުން ބައެއް ކުންފުނިތައް އެއްކޮށްލަންވެސް އާދިއްތަ ދުވަހުގެ ކެބިނެޓް ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ.

އެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އެއްކޮށްލުމަށް ނިންމި އެވެ. އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެނައުމަށްވެސް ނިންމި އެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު