ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ކުންފުނި ސްޓެލްކޯ - ފޮޓޯ: ފްލިކަރ

ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އަންގައިފި

އަލީ އަޒްލީފް
03 Sep 2024
ހަބަރު

ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އަންގައިފިއެވެ. 

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ނެރުނު ސަރކިއުލާގައި ބުނެފައިވަނީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި މާލީ ހާލަތުން އަރައިގަތުމަށްޓަކައި ރައީސްގެ އިސްނެންގެވުމުގެ މަތިން ދައުލަތުގެ ޚަރަދުތައް ހަމަމަގަށް އެޅުވުމަށް ގިނަގުނަ ފިޔަވަޅުތަކެއް ދަނީ އަޅުއްވަމުން ކަމަށެވެ. މި ދަނޑިވަޅުގައި ސަރުކާރުން ޚަރަދު ހަމަމަގަށް އެޅުއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތަށް އެއްބާރުލުން ދިނުމުގެގޮތުންނާއި، ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ހާލަތު ކުރިއެރުވުމަށްޓަކައި ދައުލަތުގެ ވިޔަފާރި ތަންތަނުގެ ހަރަދު ވީހާވެސް ކުޑަކުރުމަކީ ވަރަށް މުހިންމު ކަމެއް ކަަމަށް ބުނެފައިވެއެވެ.

އެގޮތުން، އަންގާރަ ދުވަހުން ފެށިގެން ސަރުކާރުގެ ވިޔަފާރި ތަންތަނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށްޓަކައި ފިޔަވަޅުތައް އެޅުމަށް ވަނީ އަންގާފައެވެ.

ޚަރަދު ކުޑަކުރުމަށްޓަކައި އަޅާ ފިޔަވަޅުތައް

ދަތުރު ހަރަދު

ރާއްޖެއިން ބޭރަށާއި، އަތޮޅު ތެރެއަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކުރުން މިވަގުތަށް ހުއްޓާލުން.

ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މަދުކޮށް، ބައިނަލްއަގުވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާއި އޮންލައިންކޮށް ބައްދަލުކުރުން.

ރާއްޖެއިން ބޭރަށް ކޮންމެހެން ކުރާ ރަސްމީ ދަތުރުތަކުގެ ދިގުމިން 6 ގަޑިއިރަށް ވުރެ ދިގުނުވާނަމަ ފަސްޓް ކްލާހުގައި ދަތުރުނުކުރުން.

ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރު ތަކުގައި ކުންފުނިން ކުރާ ހަރަދު ވީހާވެސް ކުޑަކުރުން.

ފެރީގެ ޚިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުން.

އަތޮޅު ތެރެއަށް ކުރާ ރަސްމީ ދަތުރުތަކުގައި ކެއުމާއި ހުރުމުގެ ޚަރަދު އެންމެ ކުޑަވާނެ ގޮތަކަށް ދަތުރުގެ އިންތިޒާމުތައް ހަމަޖެއްސުން.

ކުންފުންޏަށް ސީދާގޮތުން ފައިދާވާ ބޭރުގެ މަހާސިންތާތަކާއި، ފެއަރތަކުގައި ނޫނީ ބައިވެރިނުވުން

މުވައްޒަފުންގެ ހަރަދު

ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަޤާމެއްކަމުގައި ވީނަމަވެސް، ކުންފުނީގެ އޮޕަރޭޝަންސް ހިންގުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މުވައްޒަފުން އެ މަޤާމުތަކަށް ނުނެގުން.

ޕީސީބީގެ ހުއްދައާއި އެކުގައި މެނުވީ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކަށް ބަދަލުއަންނާނެ ފަދަ އެއްވެސް ބަދަލެއް ނުގެނައުން.

ރަސްމީގަޑީގައި މަސައްކަތްތައް ނިންމޭނެގޮތަކަށް ކުންފުނީގެ މަސައްކަތްތައް ރޭވުމާއި، ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުގަޑީގައި މަސައްކަތް ނުކުރުން.

ދައުލަތުގެ ވިޔަފާރި ތަންތަނުގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުން ޑޮލަރުން މުސާރައާއި އިނާޔަތް ދިނުން ހުއްޓާލުން

ތަމްރީނުތައް ހިންގުމުގައި ކުންފުނީގެ ކަމާގުޅޭ މުވައްޒަފުން ބޭނުން ކުރުމާއި ރާއްޖޭގެ ލިބެންހުރި ވަޞީލަތްތައް ބޭނުންކުރުން

ކޮންމެހެން މިވަގުތަށް ކުރަންޖެހޭ މަސައްކަތެއް ނޫނީ އެހެން މަސައްކަތްތައް އައުޓްސޯސްކޮށްގެން ނުކުރުން

ޑިޕާޓްމަންޓްތަކުގެ މަސައްކަތަކަށް ބަލައި މުވައްޒަފުން އިތުރުވާނަމަ ނުވަތަ އައިޑަލްޓައިމް ގިނަނަމަ އެފަދަ މުވައްޒަފުން ކުންފުނިން ކޮންމެހެން ފަށަންޖެހޭ ޕްރޮޖެކްޓްތަކާއި ކުރިއަށްދާ ޕްރޮޖެކްޓްތަކުގައި ބޭނުންކުރުން

އެހެނިހެން ހަރަދު

ކުންފުނި ހިންގުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރިނަމަ، ވީ އެންމެ ފުޅާކޮށް އެކަންކުރުން އަދި ކަރަންޓުގެ ޚަރަދު ކުޑަކުރުން

ކަރުދާހާއި ސްޓޭޝަނަރީސްއަށް ކުރާ ޚަރަދު ކުޑަކޮށް، މުއާމަލާތްތައް ޑިޖިޓަލްކޮށްކުރުން

އިވެންޓްތައް ބޭއްވުމުގައި ވަސީލަތްތައް ހުރި ކުންފުނިތަކުން އެހެން ކުންފުނިތަކަށް ވަސީލަތްތައް ހިއްސާކުރުން

އިވެންޓްތަކުގެ ރިފްރެޝްމަންޓް ތަކަށް ކުރާ ހަރަދު ވީހާވެސް ކުޑަކުރުންކުންފުނީގެ އެނުއަލް ޕްރޮކިއުމަންޓް ޕްލޭނާއި ބަޖެޓާއި އެއްގޮތަށް ޕްރޮކިއުމަންޓްތައް ހިންގުން

ސީއެސްއާރު އަދި ސޮޕްންސަރޝިޕަށް ކުރާ ޚަރަދުތައް މަދުކުރުން

ފާސްކޮށްފައިވާ އަހަރީ ބަޖެޓްގައި ހިމަނާގައިވާ ކަންކަމުގެ ތެރެއިންވެސް ކޮންމެހެން ކުރަންޖެހޭ ކަންކަން ފިޔަވައި އިތުރު ޚަރަދުތައް މިވަގުތަށް ނުކުރުމާއި އިސްރާފު ކުޑަކުރެވޭނެހެން މަސައްކަތްތައް ރޭވުން

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު