ވޯލްޑް ބޭންކުގެ ޓެކްނިކަލް މިޝަން ރާއްޖޭގައި މަސައްކަތް ފަށައިފި

އަލީ އަޒްލީފް
03 Sep 2024
ހަބަރު

ރާއްޖޭގެ ތިމާވެށި ސާފުކޮށް ބެލެހެއްޓުމަށް ކުރެވޭ މަސައްކަތްތައް ބެލުމަށް ވޯލްޑް ބޭންކުގެ ޓެކްނިކަލް މިޝަނެއް ރާއްޖެ އައިސް މަސައްކަތް ފަށައިފިއެވެ.

މި މިޝަންގެ ދަށުން، ވޯލްޑް ބޭންކުގެ ޓީމުން ބަލަމުންދަނީ މޯލްޑިވްސް ކްލީން އެންވަޔަރަމެންޓް ޕްރޮޖެކްޓްގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކުގެ ޖުމްލަ ކުރިއެރުމެވެ.

މީގެ ތެރޭގައި، ޒޯން 4 އާއި 5 ގައި ޤާއިމްކުރެވެމުންދާ ކުނި މެނޭޖްކުރުމުގެ ނިޒާމުތަކާއި، އެ ނިޒާމުތައް ޤާއިމްކުރުމަށް ފޯރުކޮށްދެވިފައިވާ ވަސީލަތްތައް ހިމެނެއެވެ. މީގެ އިތުރުން، ވޯލްޑް ބޭންކުގެ ޓީމުން ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓާ އެކު ލ. އަތޮޅުގެ ފޮނަދޫ، ގަން އަދި މާމެންދޫއަށް ޒިޔާރަތްކޮށް، އެ ރަށްރަށުގައި ކުރިއަށްދާ ކުނި މެނޭޖްކުރުމުގެ މަރުކަޒުތަކުގެ މަސައްކަތް ބަލައި ދަނީ ދިރާސާކުރަމުންނެވެ.

މި ދަތުރުގައި، ވޯލްޑް ބޭންކުގެ ޓީމުން ރަށު ކައުންސިލްތަކުގެ މެންބަރުންނާއި އެހެނިހެން ފަރާތްތަކާ ބައްދަލުކޮށް، މި ނިޒާމުތައް ހިންގުމަށް ރޭވިފައިވާ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ދަތުރު ކުރިއަށްދާނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 އިން 3 އަށެވެ.

ވޯލްޑް ބޭންކުގެ ޓީމާއެކު މި ދަތުރުގައި ބައިވެރިވަނީ މޯލްޑިވްސް ކްލީން އެންވަޔަރަމެންޓް ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖަރ، ޕްރޮޖެކްޓް ކޯޑިނޭޓަރުން، ސޭފްގާޑް ސްޕެޝަލިސްޓް އަދި ކޮމިއުނިކޭޝަން ސްޕެޝަލިސްޓެވެ. މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކަކީ "މަގޭ ސާފު ރާއްޖެ" ގެ ޝިޢާރުގެ ދަށުން ކުރެވޭ މަސައްކަތްތަކެކެވެ.

ކޮމެންޓް
އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާ، ށ. މަރޮށި ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. މަރޮށި ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ މަރޮށި މަދުރަސަތުލް މުނައްވަރާގެ އޮފީހުގައެވެ.
15 Oct 2025
ހަބަރު
ޤައުމަށް ފުދޭވަރަށް ދަނޑުވެރިކަން ފުޅާކުރެވޭނެކަމުގެ އުންމީދު އެބައޮތް: ރައީސުލްޖުމްހޫރިއްޔާ
ޤައުމަށް ފުދޭވަރަށް ދަނޑުވެރިކަން ފުޅާކޮށް، ފުޑް ސެކިއުރިޓީ ޤާއިމްކުރުމުގެ އުންމީދު އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
15 Oct 2025
ހަބަރު
ސިނގިރޭޓުން ކުރި ވައްކަން: އާއްޓޭގެ ބަންދަށް 15 ދުވަސް، ދިގަލިގެ ބަންދަށް 10 ދުވަސް
ހުޅުމާލެ ބަނދަރުން އެތެރެކުރި ސިނގިރޭޓްގެ ދެ ކޮންޓެއިނަރެއް ވަގަށް ނެގި މައްސަލައިގެ ރިންގްލީޑަރުންގެ ގޮތުގައި ފުލުހުން ތުހުމަތުކުރާ ހަތަރު މީހުންގެ ތެރެއިން ދެ ވިޔަފާރިވެރިން ބަންދަށް ފޮނުވާލައިފިއެވެ.
15 Oct 2025
ހަބަރު
ރައީސުލްޖުމްހޫރިއްޔާ ށ. ނަރުދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީ އާއި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. ނަރުދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ނަރުދޫ ޕްރީ ސްކޫލްގައެވެ.
15 Oct 2025
ހަބަރު