ކުޑަކުދިންގެ ޙައްޤުތަކާއި ރައްކާތެރިކަމާއި ގުޅޭ ޤައުމީ ޕުލޭން އިފްތިތާހުކޮށްފި

އަލީ އަޒްލީފް
03 Sep 2024
ހަބަރު

ކުޑަކުދިންގެ ޙައްޤުތަކާއި ރައްކާތެރިކަމާއި ގުޅޭ ޤައުމީ ޕުލޭން މިއަދު އިފްތިތާހުކޮށްފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި އދ. ގެ ކުޑަކުދިނާއި ބެހޭ ޖަމިއްޔާ (ޔުނިސެފް މޯލްޑިވްސް) އާއި ގުޅިގެން ބޭއްވުނު މި ރަސްމިއްޔާތުގައި ވަޒީރު ޑރ. ޢާއިޝަތު ޝިހާމާއި އެކު ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ.

މި ޤައުމީ އޮނިގަނޑު އިފްތިތާހުކޮށް، އަމަލީގޮތުން މަސައްކަތްކުރުވެން ފެށުން ވެގެންދާނީ ރާއްޖެއިން ސޮއިކޮށްފައިވާ އދ. ގެ "ޗައިލްޑް ރައިޓްސް ޕްރޮޓެކްޝަން އެކްޓް އެންޑް ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" މުޢާހަދާއަށް އަމަލުކުރުމަށް އެޅިގެންދާނެ އިތުރު ފިޔަވަޅަކަށެވެ. އަދި ޔުނިސެފް މޯލްޑިވްސްއާ އެކީގައި އިޖުތިމާޢީ އަދި ޢާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރަމުންގެންދާ މި މަސައްކަތުގެ ސަބަބުން ކުޑަކުދިންގެ ކަރާމާތާއި، ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިތުރު ބާރެއް ލިބިދޭނެވެސްމެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރަމުންދާ މިފަދަ މުހިންމު މަސައްކަތްތަކީ އޭގެ ސަބަބުން ކުޑަކުދިންނަށް ތަޢުލީމު ހާސިލްކުރުމާއި، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމާއި، އެކުދިންނާއި ގުޅުންހުރި ކަންކަމާއި އަދި އެކުދިންގެ މުސްތަޤުބަލާއި މެދުގައި އެކުދިންގެ ޝުޢޫރުތައް ހިމެނޭހެން މަސައްކަތްތައް ބައްޓަންކުރުމަށް ލިބޭ އިތުރު ބާރެކެވެ. އެއްވެސް ކުއްޖަކު ބާކީ ނުވާނެފަދައިން އެކުދިންގެ މި ޙައްޤުތައް ރައްކާތެރިކޮށް، އެކަންކަމަށް ވަކާލާތުކޮށް، އެކުދިންގެ ލާބައަށް އިސްކަންދޭ މުޖުތަމަޢެއް ބައްޓަންކުރުމަކީ އިޖުތިމާޢީ އަދި ޢާއިލީ ވުޒާރާއާއި ޔުނިސެފް މޯލްޑިވްސް އިން ހިއްސާވާ، އަދި އެކަމަށްޓަކާ މެދުނުކެނޑި މަސައްކަތްކުރަމުންދާ އަޒުމެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު