ހާލުކިހިނެއް ޕްރޮގްރާމްގެ ތެރެއިން

"ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ބިދޭސީންނާއި ގުޅުންހުރި މައްސަލަތައް ހައްލުކުރާނެ ގޮތުގެ މަޝްވަރާކޮށްފި

އައިޝަތު ޝިއުރާ
17 Jul 2024
ހަބަރު

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފަށައިގެން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ފާހަގަކުރެވޭ ބިދޭސީންނާއި ގުޅުންހުރި މައްސަލަތައް ހައްލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މޯލްޑިވްސް އިމިގްރޭޝަނާއި މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލާރ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު އަދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ނައިބު ވަޒީރު މަރިޔަމް ލަހުފާ ޚަލީލު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ވަނީ، "ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ފާހަގަކުރެވޭ ބިދޭސީންނާއި ގުޅުންހުރި މައްސަލަތައް އިމިގްރޭޝަނަށް ރިޕޯޓުކުރެވޭނެ ފަސޭހަ ގޮތްތަކެއް ހޯދުމާއި ގުޅޭ ގޮތުން މަޝްވަރާކުރެވިފައެވެ.

އޭގެ އިތުރުން ދިވެހިންނާއި ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ވިސާ ދިނުމުގައި ދިމާވާ މައްސަލަތަކާއި، ވިސާ ދޫކުރުމުގައި އިމިގްރޭޝަނުން ގެންގުޅޭ އުސޫލުތަކާއި ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭނެ ގޮތްތަކާއި ގުޅޭ މަޝްވަރާތައް ވެސް ވަނީ ކުރެވިގެން ގޮސްފައެވެ.

ހަމައެއާއެކު، ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އިމިގްރޭޝަން އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގުޅިގެން މަސައްކަތްކުރެވިދާނެ ކަންކަމާއި ގުޅޭ މަޝްވަރާތައް ވެސް ކުރެވިގެން ގޮސްފައިވެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބަލައި، ދައުލަތުގެ ޚާއްސަ ސަމާލުކަމާއި ރައްކާތެރިކަން އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅެމުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އަދި މި ޕްރޮގްރާމުގެ ތެރެއިން ފާހަގަކުރެވޭ ރައްޔިތުންގެ ކަންބޮޑުވުން ހުންނަ މައްސަލަތައް ޙައްލުކުރުމަށް، މިނިސްޓްރީން ގެންދަނީ ކަމާ ގުޅުންހުރި އިދާރާތަކާއި އެކު މަޝްވަރާކޮށް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު