ޚާރިޖީ ވުޒާރާ

ނޭޕާލްގެ އާ ޚާރިޖީ ވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާގެ މެސެޖް ފޮނުއްވައިފި

އައިޝަތު ޝިއުރާ
17 Jul 2024
ހަބަރު

ނޭޕާލްގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް ޑޮކްޓަރ އާރުޒޫ ރަނާ ޑުއުބާ ޢައްޔަން ކުރެއްވުމާ ގުޅިގެން ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ޚާރިޖީ ވަޒީރުގެ މެސެޖުގައި ނޭޕާލްގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް ޑޮކްޓަރ އާރުޒޫ ރަނާ ޑުއުބާ ޢައްޔަން ކުރެއްވުމާ ގުޅިގެން ތަހުނިޔާ ދެންނެވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމުގައި ވިދާޅުވިއެވެ.

"ދިވެހިރާއްޖެ އާއި ނޭޕާލް އާ ދެޤައުމުގެ ރައްޔިތުންނަށް ފައިދާވާނެ ގޮތުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން މި ފުރުޞަތުގައި އަރުވަމެވެ. އަދި ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކަމަނާ އާއެކު ގާތުން މަސައްކަތްކުރުމަށް އުއްމީދުކުރާ ވާހަކަވެސް ދަންނަވަމެވެ،" އެ މެސެޖުގައި މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

‎"ކަމަނާއަށް ކާމިޔާބީއާއި ދުޅަހެޔޮ ސިއްހަތަކަށް އެދި ހެޔޮ އެދުން އަރިސްކުރަމެވެ. އަދި ނޭޕާލްގެ އެކުވެރި ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ދެއްވުން އެދެމެވެ."

ކޮމެންޓް
އިތުރު ލިއުން
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު