ރާއްޖެއިން ބެރުން ތަމްރީނު ހޯދުމަށް 20 އިމާމުން ބުރޫނާއީ އަށް ފުރުން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ތަމްރީނަށް 20 އިމާމުން ބުރޫނާއީ އަށް ފުރައިފި

އަލީ ޝާހީން
17 Jul 2024
ހަބަރު

ރާއްޖެއިން ބެރުން ތަމްރީނު ހޯދުމަށް 20 އިމާމުން ރޭ ބުރޫނާއީ އަށް ފުރައިފިއެވެ. 

ރާއްޖޭގެ އިމާމުންނާއި ހަތީބުންނަށް ރާއްޖެއިން ބޭރުން ތަމްރީނު ދޭން މި ސަރުކާރުން ފެށި ޕްރޮގްރާމްގެ ދަށުން 20 އިމާމުން ރޭ ބުރުނާއީ އަށް ފުރައިފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ހާމަކުރި ގޮތުގައި މި އަހަރު ޖުމްލަ 06 އިމާމުން ރާއްޖެއިން ބޭރަށް ތަމްރީނު ހޯދުމަށް ފޮނުވާފައިވެއެވެ. އަދި މި އަހަރު ތަމްރީނު ހޯދުމަށް 3 ގައުމަކަށް އިމާމުން ތަމްރީން ހޯދުމަށް ފޮނުވާނެ އެވެ. އޭގޮތުން މި އިމާމުންގެ ތަމްރީނު ޕްރޮގްރާމްގެ ދަށުން މިއަހަރު އިންޑޮނޭޝިޔާއާއި މެލޭޝިޔާއާއި ކުވައިތަށް އިމާމުން ދަތުރު ކުރާނެއެވެ.

ރާއްޖޭގެ އިމާމުންނާއި ހަތީބުންނަށް ރާއްޖެއިން ބޭރުން ތަމްރީނު ދޭން މި ސަރުކާރުން ފެށި މި ޕްރޮގްރާމް ގައި އިސްލާމިކް މިނިސްޓްރީގެ އަމަޒަކީ އެއް އަހަރު ތެރޭގައި 700 އިމާމުންނަށް ތަޖުރިބާ އާއި ތަމްރީން ދިނުމެވެ.

އިމާމުންނަށް ހާއްސަކޮށްގެން އިސްލާމިކް މިނިސްޓްރީއިން ގިނަ ޕްރޮގްރާމްތަކެއް އަންނަނީ ހިންގަމުންނެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީން އިސް ނަގައިގެން މީގެކުރިން ވަނީ އިމާމުން ތާޒާ ކުރުމުގެ ގައުމީ މަޝްރޫއެއް ވެސް އިފްތިތާހުކޮށްފައެވެ.

ކޮމެންޓް
އިތުރު ލިއުން
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު