ގަލޮޅު އިތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް --ފޮޓޯ: މަޖިލީސް

ވެތުވެދިޔަ މަސްތަކުގައި ކަރަންޓް ބިލްތައް ބޮޑުވެފައިވާތި މަޖިލީހަށް ކުއްލި މައްސަލައެއް

އަލީ ޝާހީން
17 Jul 2024
ހަބަރު

ވެތުވެދިޔަ މަސްތަކުގައި ކަރަންޓް ބިލްތައް އިންތިހާއަށް ބޮޑުވެފައިވާތި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. 

މުހައްމަދު އިބްރާހިމް މަޖިލީހައް ހުށަހެލި ކުއްލި މައްސަލައިގައި ވިދާޅުވީ ސަރުކާރުގެ ފަރާތުން ކަރަންޓް ފޯރުކޮށްދެމުންދާ މައި ދެކުންފުނިކަމަށްވާ ސްޓެލްކޯ އަދި ފެނަކައިން ކަރަންޓަށް ކުރަމުން ދިޔަ ބިލްތައް ނިމިދިޔަ މަހާއި އަދި ވޭތުވެދިޔަ މަސްތަކުގައި އިންތިހާ އަށް ބޮޑުވެފައިވާތީ ސަރުކާރުން އެކަން ތަހުގީގު ކުރުމަށް ގޮވާލާކަމަށެވެ. 

އިބްރާހިމް މުހައްމަދު ވިދާޅުވީ، 2024 އޭޕްރިލް މަހުގެ ކަރަންޓް ބިލް ލިބުމާއި އެކީގައި ރައްޔިތުން ކަންބޮޑުވެ ސްޓެލްކޯ އަށް މައްސަލަ ހުށަހަޅާ ސޯޝަލް މީޑިއާ އަށް އެކި މަސް މަހުގެ ފަރުގެ ފެންނާނެހެން ފޮޓޯލައި އެކި ސުވާލުތަށް އާންމުކުރަމުން ގެންދިޔަކަމަށެވެ. އަދި އެކަމުގެ ކަންބޯޑުވުންތަށް ގިނަވެ ސްޓެލްކޯއިން ވަނީ ބިލްތަކަށް ލުޔެއް ދީފައިކަމަަށައި ނަމަވެސް ވޭތުވެދިޔަ މަސްތަކުގައި ރީޑިން ނަގާފައިވާ ބިލްތަށް ކުރިއަށްވުރެވެސް ބޮޑުކަމަށްބުނެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ. 

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިތުރަށް ވިދާޅުވީ މިއަދާ ހަމައަށްވެސް ވޭތުވެދިޔަ މަސްތަކުގެ ކަރަންޓްބިލް ބޮޑުވި ތަފްސީލެއް ލިބިފައިނުވާކަމަށާއި އަދި ރައްޔިތުންނަށް ކަރަންޓް ބިލްތައް ބޮޑުވާ ސަބަބު ސާފުކޮށްދިނުމަށް އޭނާ ވަނީ ގޮވާލާފައެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ދަތި އުނދަގޫތަކަށް ވީހާވެސް އަވަސް ހައްލެއް ހޯދައިދުނުމަށްވެސް މުހައްމަދު އިބްރާހިމް ވަނީ ސަރުކާރަށް ގޮވާލާފައެވެ. 

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު