ވަޅިން ބިރު ދައްކައިގެން ފޭރުނު މައްސަލާގައި ހައްޔަރު ކުރި ދެ މީހުން: ފޮޓޯ: ޕޮލިސް

ގެއެއްގެ ތެރެއަށް ފެންލައިޓުން ވަދެ، ވަޅިން ބިރުދައްކައިގެން ފޭރިއްޖެ!

އަލީ ޝާހީން
05 Sep 2024
ހަބަރު

މާލޭގެ ގެއެއްގެ ތެރޭގައި މީހުން ނިދަން ތިއްބައި ފާޚާނާ ފެންލައިޓުން ވަދެ، ވަޅިން ބިރުދައްކައިގެން ފޭރިއްޖެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މާފަންނު ސަރަހައްދުގައި ހުރި ގެއެއްގެ ތެރެއަށް ފެންލައިޓުން ވަދެ، ކޮޓަރިއެއްގެ ތެރޭގައި ނިދާފަައި ތިބި ދެ މީހެއްގެ ކަރުގައި ވަޅި ޖައްސައި އެއްވެސް ހަރަކާތެއް ކޮށްފިނަމަ މަރާލާނެ ކަމަށް ބުނެ ބިރުދައްކައިގެން ފޭރުނު މައްސަލައެއް މިމަހު 4 ވަނަ ދުވަހުރޭ ދަންވަރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ހާމަކުރިގޮތުގައި އެގޭގެ ދެމީހުންގެ އަތުން މޯބައިލް ފޯނާއި ލެޕްޓޮޕް އަދި އެހެނިހެން ތަކެތި ފޭރިގަނެފައިވެއެވެ. އަދި ފޭރުމަށްފަހު ދެމީހުން ފިލައިގެން ގޮސްފައިވަނީ ފާޚާނާއަށް ވަދެ އެތެރޭން ދޮރު ތަޅުލައި ފެންލައިޓުން ނުކުމެގެންނެވެ.

ފުލުހުން އިތުރަށް ބުނީ، މި ދެމީހުން ރޭގެ ވަގުތުގައި ހައްޔަރުކޮށް އަދި އެމީހުން އެގެއިން ފޭރުނު ލެޕްޓޮޕް އާއި މޯބައިލް ފޯނުތައް ވަނީ ހޯދާފައެވެ. އަދި އެމީހުން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އެހެނިހެން ތަކެތި ވެސް އެމީހުން އަތުން ފެނިފައިވާ ކަމަށެވެ.

އަދި ފޭރުނު ދެމީހުން މިހާރު ހައްޔަރު ކޮށްފައިވާ ކަމަށާ، ހައްޔަރުކޮށްފައިވަނީ މ. ދާރުލްގަރާރު، އިސްމާއިލް ވިޝާލް (30އ) އަދި ވިދުވަރު، ބ. ދަރަވަންދޫ، ހުސައިން ޝާއިފް (32އ) ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު