ސަފީރު ޝަހީބު ބެންގަލޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

އަލީ އަޒްލީފް
07 Sep 2024
ހަބަރު

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް އިބްރާހީމް ޝަހީބު ބެންގަލޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ސަފީރު ބެންގަލޫރަށް ކުރެއްވި މިދަތުރުފުޅަކީ ކޮންސިއުލަރ ކަންކަމުގައި ދިވެހިން އާންމުކޮން، ހިދުމަތް ހޯދުމަށް ދާންޖެހޭ ބެންގަލޫރުގެ އިދާރާތަކާއި އަދި އެހެނިހެން ކަންކަމުގައި މުއާމަލާތް ކުރަން ޖެހޭ، މުއައްސަސާތަކުގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށްޓަކައި ކުރެއްވި ދަތުރުފުޅެކެވެ.

މިގޮތުން މި ދަތުރުފުޅުގައި ސަފީރުވަނީ ބެންގަލޫރުގެ ކޮމިޝަނަރ އޮފް ޕޮލިސް، ކަރްނަޓާކާ ސްޓޭޓްގެ ފޮރިނަރސް ރީޖަނަލް ރެޖިސްޓްރޭޝަން އޮފިސަރާއި ޕްރިންސިޕަލް ކޮމިޝަނަރ އޮފް ކަސްޓަމްސް އަދި އައުޤާފު ބޯޑުގެ ސީއީއޯ އާއި ބައްދަލުކުރައްވާފައެވެ.

މީގެއިތުރުން ދިވެހިން ގިނައަދަދަކަށް ހިދުމަތް ހޯއްދަވާ ބެންގަލޫރުގެ ދެ ހޮސްޕިޓަލެއްކަމުގައިވާ އެން.ޔޫ ހޮސްޕިޓަލާއި އެޗް.ސީ.ޖީ. ހޮސްޕިޓަލްގެ އިސްބޭފުޅުއްނާވެސް ސަފީރުވަނީ ބައްދަލުކުރައްވާފައެވެ.

މިބައްދަލުކުރެއްވުންތަކުގައި ސަފީރު ވަނީ ބެންގަލޫރުގައި ދިރިއުޅުއްވާ އަދި ޒިޔާރަތް ކުރައްވާ ދިވެހިންނަށް ދިމާވާ ދަތިތައް ހައްލުކުރެއްވުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޮމިޝަން އާއި މި މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެއިތުރުން ބެންގަލޫރުގައި ދިރިއުޅުއްވާ ދިވެހިންގެ ތެރެއިން ބައެއް ރައްޔިތުންނާވެސް ސަފީރުވަނީ މި ދަތުރުފުޅުގައި ބައްދަލުކުރައްވާފައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު