ޢާއިލާ ބިނާކުރުމުގައި މާމަ ކާފަގެ ހިއްސާ މުހިންމު

އަލީ އަޒްލީފް
01 Sep 2024
ރިޕޯޓް

ޢާއިލާއެއް ބިނާކުރުމުގައި މާމަކާފަ އަދާ ކޮށްދީފައިވާ އަގުހުރި ބުރަ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެފަރާތަކަށް ލޯތްބާއި އިހްތިރާމް ދިނުމުގެ ގޮތުން 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަސް އަންނަނީ ޤައުމީ ފެންވަރުގައި މަމާ ކާފަދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންނެވެ.

މިއަދަކީ އެދުވަސްކަމުން މާމާ ކާފައިންގެ މުހިންމު ކަމާއި، މާމާ ކާފައިންނާއި ގުޅުން އުފެއްދުމުގެ މުހިންމުކަމާއި، ޢާއިލާ ތެރޭގައި މާމާކާފައިން އަދާކުރާ ހިއްސާއަށް ބަލާލުމަކީ މުހިންމު ކަމެކެވެ.

މާމަކާފައިންނަކީ އެމީހުންގެ މާމާކާފަ ކުދިންނަށް ލިބިފައިވާ އަގުހުރި ނިޢުމަތެކެވެ. އެހެނީ ފަސޭހަކަމާއެކު ދިރިއުޅުމުގެ މުހިންމު ނިންމުންތައް ނިންމާ، ކަންކަން ހައްލުކޮށް ހަމަޔަކަށް އެޅުވުމަށް އެމީހުންނަށް ވަނީ އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައެވެ. ޢާއިލާތެރެއަށް އުފާވެރިކަމާއި، ދިރުން ގެނުވައިދެނީ މާމައާއި ކާފަމެންނެވެ. ޚާއްސަކޮށް ޢާއިލާތެރޭ ހިންގޭ ހަރަކާތްތަކުގައްޔާއި ފާހަގަކުރާ ދުވަސްތަކުގައި އެމީހުން އިސް ދައުރެއް އަދާ ކުރެއެވެ.

މާމަމެންނާއި ކާފަމެންގެ ދިރިއުޅުން އާންމުކޮށް ހަމަޖެހިފައި އޮންނަނީ ޢާއިލާތަކާއި ގާތުގައެވެ. އެހެންކަމުން ޒަމާނުއްސުރެން ކުދިން ބަލައި ތަރުބިއްޔަތުކޮށް ދުނިޔަވީ ކަންކަން ދަސްކޮށްދިނުމުގައި މުހިންމު ދައުރެއް މާމަ ކާފައިން އަދާކުރެއެވެ. މީގެ ސަބަބުން އެކުދިންގެ މައިންބަފައިންނަށް ގޭތެރޭގެ ކަންކަން ހަމަޖައްސާ އާމްދަނީ ހޯދުމަށް ފުރުޞަތު ފަހިވެ، އެހެނިހެން ކަންކަން ކުރުމަށް ފުރުޞަތު ލިބި ޢާއިލާ ބިނާކޮށް ދިރިއުޅުމެއް އާރާސްތުކުރަން އުފަލަން ޖެހޭ ބުރައިއިން ބޮޑު ލުޔެއް ލިބި ޢާއިލާއަށް ހަމަޖެހުމާއި އުފާވެރިކަން ލިބިގެންދެއެވެ.

ނަމަވެސް، ދުނިޔެއަށް ހަލުވިކަމާއެކު އަންނަމުންދާ އެކިއެކި ބަދަލުތަކާއެކު މާމަ ކާފައިންނާއި، އެމީހުންގެ ޢާއިލާތަކާއި އޮންނަ ގުޅުންތައްވެސް މިދަނީ ބަދަލުވަމުންނެވެ. ވަޒީފާއާއި، ޒަމާނީ ޚިދުމަތްތަކާއި، ތަޢުލީމާއި، މިފަދަ އެކިއެކި ބޭނުންތައް ފުއްދުމަށް މީހުން މިވަނީ ހިޖުރަކުރަން ފަށާފައެވެ. ދިރިއުޅުމުގެ އަގުތައް އެއް ދުވަހުން އަނެއް ދުވަހަށް އުފުލެމުންދާ ދުވަސްވަރެއްގައި މައިންބަފައިން ގޮވައިގެން ހިޖުރަކުރެވެން ނެތުމުގެ ސަބަބުން އެކަނި އުޅެންޖެހިފައިވާ މާމަކާފަތައް ދަނީ ގިނަވަމުންނެވެ.

މިފަދަ ތަފާތު އެކިކަންކަމާއި ހުރެ އެކަނިވެރިކަން އިހުސާސް ކުރަމުންދާ ފަރާތްތައް މިއަދު ވަނީ އިތުރުވެފައެވެ. އަހަރަކު އެއްފަހަރުވެސް މާމަ/ކާފަ ކުދިންނާއި ބައްދަލު ނުވާ މާމައާއި ކާފައިން ވަނީ އިތުރުވެފައެވެ. ޒަމާނުއްސުރެން ޢާއިލާތައް ބިނާކުރުމުގައި އިސް ދައުރެއް އަދާކުރަމުން ދިޔަ އިސްވާރުން ނެތުމުން ކުދިންނަށް ފުރިހަމައަށް އަޅާނުލެވި ކުދިން ތަރުބިއްޔަތު ކުރުމުގައި އިހުމާލުވެވޭތަން ވަނީ ފެންނަން ފަށާފައެވެ.

ކުދިންނަށް ދުނިޔަވީ ކަންކަން ދަސްކޮށްދީ ކުދިންނާއެކު އުފާވެރި ވަގުތު ހޭދަކުރުމަކީ މިޒަމާނުގެ ގިނަ މައިންބަފައިންނަށް ދަތިކަމަކަށް ވަނީ ވެފައެވެ. މީގެ ސަބަބުން މައިންބަފައިންނާއި ކުދިންނާއި އޮންނަގުޅުން ހީނަރުވެ، ކުދިންގެ އަޚުލާޤާއި، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ނެދޭވޭ އަސަރުކުރެއެވެ.

އޯގާތެރި އަޅާލާ މުޖުތަމެއް އުފައްދާ އުފާވެރި ޢާއިލާއެއް ބިނާކުރުމަށް މާމައާއި ކާފައަކީ މުހިންމު ބައެއްކަން ދެނެގަނެ މާމަކާފައިންނަށް ޅަދަރިންނާއި ޒުވާނުންގެ ހިއްތަކުގައި ލޯތްބާއި ހިހްތިރާމް އުފެއްދުމަކީ ވަރަށް މުހިންމު ކަމެކެވެ. މާމަ ކަފާއާއި ގުޅުން ބަދަހި ކުރުވުމަށް މާމަކާފަ ކުދިންނާއި އެކު އުފާވެރި ވަގުތު ހޭދަކުރުވުމަކީ އޭގެ ސަބުބުން ކުދިންނާއި މާމަކާފައިންގެވެސް ނަފްސާނީ ދުޅަހެޔޮން އިތުވެގެންދާނެ ކަމެކެވެ. އެހެންކަމުން މިދުވަސް ފާހަގަ ކުރަމުންދާއިރު ފަހުގެ ޖީލުތަކަށް މާމަކާފައިންގެ މުހިންމުކަން ދަސްކޮށްދިނުމަކީ މުހިންމުކަމެކެވެ.

ކޮމެންޓް
އިތުރު ލިއުން
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު