ބެންގަލޫރުގައި ދިރިއުޅުއްވާ ބައެއް ދިވެހިންނާ ސަފީރު ބައްދަލުކުރައްވައިފި

އަލީ އަޒްލީފް
06 Sep 2024
ހަބަރު

އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅުއްވާ ދިވެހިންގެ ތެރެއިން ބައެއް ރައްޔިތުންނާ ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބު ބައްދަލުކުރައްވައިފިއެވެ.

ބެންގަލޫރުގައި ހުންނަ ކޮންރެޑް ހޮޓެލްގައި 4 ސެޕްޓެމްބަރ 2024، ގައި ސަފީރު ދިވެހިންނާ ބައްދަލުކުރައްވާފައިވަނީ ކޮންސިއުލަރ ކަންކަމުގައި ދިވެހިން އާންމުކޮން، ހިދުމަތް ހޯދުމަށް ދާންޖެހޭ ބެންގަލޫރުގެ ސަރުކާރުގެ އިދާރާތަކާއި އަދި އެހެނިހެން ކަންކަމުގައި މުއާމަލާތް ކުރަން ޖެހޭ، މުއައްސަސާތަކުގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށްޓަކައި ބެންގަލޫރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މިގޮތުން މި ބައްދަލުވުގެ ބައިވެރިން ވަނީ ބެންގަލޫރުގައި ދިރިއުޅުއްވާ ދިވެހިންނާއި އެ ސިޓީއަށް އެކި ކަންކަމުގައި ޒިޔާރަތްކުރައްވާ ދިވެހިންނަށް ކުރިމަތިވާ ބައެއް ދަތިތަކުގެ ވާހަކަ އާއި އެ ކަންކަން ހައްލުކުރެއްވުމަށް އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ލަފާ އާގުޅޭގޮތުން ސަފީރާ މަޝްވަރާ ކުރައްވާފައެވެ.

އަދި ކުރިއަށް އޮތް ތަނުގައި ބެންގަލޫރާއި މައިސޫރުގައި ދިރިއުޅުއްވާ ދިވެހިންނާ ދިއްލީގައި ހުންނަ ހައިކޮމިޝަން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވަނީ ބެންގަލޫރުގައި ދިރިއުޅުއްވާ ދިވެހިންނަށް ދިމާވާ ދަތިތައް ހައްލުކުރެއްވުމަށްޓަކައި މަސައްކަތް ކުރައްވާނެކަން ހާމަކުރައްވާފައެވެ. މިގޮތުން މިދަތުރުފުޅަކީވެސް އެ މަޤްސަދުގައި ކުރައްވަމުން ގެންދަވާ ދަތުރުފުޅެއް ކަމުގައި ވިދާޅުވިއެވެ.

ހަމައެއާއެކު އިންޑިއާގައި ދިރިއުޅުއްވާ ބޭފުޅުއްނާއި އެކި ކަންކަމުގައި އިންޑިއާއަށް ޒިޔާރަތް ކުރައްވާ ދިވެހިން ހައިކޮމިޝަންގައި ރަޖިސްޓަރ ވެވެޑައިގެންނެވުމުގެ މުހިންމުކަން ސަފީރު ފާހަގަ ކުރެއްވިއެވެ. އަދި ހައިކޮމިޝަންގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރ ވެވަޑައިގެންނެވޭނެ ކަމުގައި ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު