މޯލްޑިޗްސް އެކްސްޕޯ

މޯލްޑިވްސް އެކްސްޕޯ 2025 ގެ ވާދަކުރުމަށް ހުޅުވާލާބައިގެ އުޞޫލު އާންމުކޮށްފި

އަލީ ޝާހީން
07 Sep 2024
ހަބަރު

އިގްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި ގުޅިގެން އިންތިޒާމުކޮށްގެން އަންނަ އަހަރުގެ މެއިމަހުގެ 23 އިން 31 އަށް ހުޅުމާލޭގައި ބާއްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" (މޯލްޑިވްސް އެކްސްޕޯ 2025)ގެ ވާދަކުރުމަށް ހުޅުވާލާބައިގެ އުޞޫލު އާންމުކޮށްފިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ގެޒެޓް ކޮށްފައިވާ މިއުޞޫލުގައިވާގޮތުން ވާދަކުރުމުގެ ބައިގައި އަމިއްލަ ފަރުދުންނާއި، ކުންފުނިތަކާއި ވިޔަފާރިތަކާއި، ރަށްތަކާއި، ސިޓީތަކާއި، ތަޢުލީމުދޭ މަރުކަޒުތަކާއި އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.

މައުރަޒުގެ ބައިތަކަށް އިންސާފުކުރުމުގައިވެސް އެމިނިސްޓްރީން ޢަމަލުކުރާނެ ގޮތުގެ މިއުޞޫލު، 18 އޯގަސްޓް 2024 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓް ގައި ސާއިއުކުރައްވާފައިވެއެވެ. މިއުސޫލަށް ބަލާލާއިރު މަޢުރަޒު ބޭއްވެވުމުގެ މަޤްޞަދާއި މަޢުރަޒުގެ ވާދަކުރުމުގެ ބައި ކުރިއަށް ގެންދިއުމުގައި ޢަމާލުކުރާނެ ގޮތްތަކާއި، މަޢުރަޒުގައި ދެވޭނެ ވަނަތަކުގެ ތަފްސީލު ހާމަކުރައްވާފައިވެއެވެ.

މީގެ އިތުރުން އިންސާފުކުރުމުގައި ބަލާނެ އާންމު ބައިތަކާއި މައުރަޒުގެ ގިންތިތައް އަދި 2025 ވަނަ އަހަރު ބޭއްވޭ މަޢުރަޒުގެ 15 މައިގަޑުބައިގެ 81 ގިންތީގެ މަޢުލޫމާތުތައް މައުރަޒު އުޞޫލުގެ ޖަދުވަލު 1 ގައި ވަރަށް ތަފްސީލުކޮށް ބަޔާންކުރައްވާފައިވެއެވެ.

މައުރަޒުގައި ބައިވެރިވެވޭ 81 ގިންތީގެ މައިގަނޑު ބައިތައް 15 ބަޔަކަށް ބައްސަވާލައްވާފައިވާ އިރު އޭގެ ތެރޭގައި އަތްތެރި މަސައްކަތް، ދަނޑުވެރިކަން، މަސްވެރިކަން، ދަތުރުފަތުރު، އިމާރާތްކުރުން، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، އުފެއްދުންތެރި ކުރެހުމާއި ފަރުމާކުރުން (ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން) ފެޝަން އެންޑް ޑިޒައިން، ޖުވެލަރީ އެންޑް އެކްސަސަރީޒް، ހަކަތަ (އެނަރޖީ)، ކާބޯތަކެތި، މެޝިނަރީ އެންޑް އިކްއިޕްމަންޓްސް، ލަކުޑީގެ އުފެއްދުންތައް، ބަހުގެ އުފެއްދުންތައް، އަދި އެހެނިހެން މައިގަޑުބައި ހިމެނެއެވެ. މިދެންނެވި ކޮންމެ މައިގަނޑުބައެއްގައި އެތައް ގިންތިއެއް ހިމެނޭއިރު، އުފެއްދުންތެރިންނަށް މައުރަޒުގެ ވާދަކުރުމުގެ ބައިގައި ޖުމްލަ 81 ގިންތިއެއްގައި ތަކެތި ބައިވެރިކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ވާދަކުރުމުގެ ބައިގެ އިތުރުން، މި މައުރަޒުގައި ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓަކާއި، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓަކާއި، އެންޓަޓެއިންމަންޓް ޑިސްޓްރިކްޓް އަދި މާރކެޓް ޕްލޭސް ޑިސްޓްރިކްޓެއް ހިމެނޭނެއެވެ. ހަމަ އެއާއެކު އާ އީޖާދުތައް ކުރާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ކަނޑައެޅޭ އުސޫލެއްގެ ތެރެއިން، ރިސާރޗް ގްރާންޓް ފަންޑުން އެހީތެރިކަން ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، ކުރިއަރާފައިވާ ޤައުމުތަކުގެ އީޖާދީ މަސައްކަތްތައް ދައްކާލުމަށްވެސް ހަމަޖެހިފައިވެއެވެ.

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް މަޢުރަޒެއް ބޭއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ މިއަހަރުގެ މޭމަހުގެ ތެރޭގައެވެ.

ކޮމެންޓް
އިތުރު ލިއުން
ކިންގް ސަލްމާން މިސްކިތުގައި ޤައުމީ އިސްލާމީ ލައިބްރަރީ ޤާއިމް ކުރަނީ
ކިންގު ސަލްމާން މިސްކިތުގައި ޤައުމީ އިސްލާމީ ލައިބްރަރީ ޤާއިމްކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
18 Sep 2024
ހަބަރު
މަސްވެރި ސިނާއަތް ތަރައްގީކުރުމަށް އިފާޑާއެކު މަޝްވަރާކޮށްފި
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑު) ގެ ކަންޓްރީ ޑިރެކްޓަރ ޝެރީނާ ތަބައްސުމްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
18 Sep 2024
ހަބަރު
ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި
ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 38 ވަނަ ބުރު ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ދ. ވާނީ ކެމްޕަހުގައި ފަށައިފިއެވެ.
18 Sep 2024
ހަބަރު
"ސީޑްސް އޮފް ފިއުޗަރ" ތަމްރީން ޕްރޮގްރާމަށް ދިވެހި ދަރިވަރުންތަކެއް ޗައިނާއަށް
ޗައިނާގެ ހުއާވޭ ކުންފުނިން ދުނިޔޭގެ އެކި ޤައުމުތަކުގެ ޒުވާނުންނަށް އައިސީޓީ ދާއިރާއިން ތަމްރީނު ފޯރުކޮއްދިނުމަށް "ސީޑްސް ފޮރ ދަ ފިއުޗަރ"ގެ ނަމުގައި ހިންގާ ޕްރޮގްރާމަގައި ދިވެހި 4 ދަރިވަރުން ބައިވެރިވެއްޖެއެވެ.
18 Sep 2024
ހަބަރު