ގަވަރުނަރު އަލީ ހާޝިމް

ގަވަރުނަރުކަމުން ހާޝިމް ވަކިކުރަން މާލިއްޔަތު ކޮމިޓީން ނިންމައިފި

އައިޝަތު ޝިއުރާ
17 Jul 2024
ހަބަރު

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ލަފާއެރުވުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

ގަވަރުނަރުކަމުގެ މަގާމުން ހާޝިމް ވަކިކުރަން ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްއެވެ.

ކޮމިޓީން ވަނީ ގަވަރުނަރުކަމުން ހާޝިމް ވަކިކުރަން ހުށަހަޅާފައިވާ ކަންކަމަށް ޖަވާބުދާރީވުމަށް ކޮމިޓީއަށް ވަޑައިގަތުމަށް ދައުވަތު އަރުވާފައެވެ. ފަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ކޮމިޓީ ބައްދަލުވުންތައް ކުރިޔަށްގެންގޮސްފައިވާއިރު ގަވަރުނަރު އާލާސްކަންފުޅާ އުޅުއްވާތީ އެބައްދަލުވުންތަކަށް ވަޑައިގަންނަވާފައެއްނުވެއެވެ. ޖެހިޖެހިގެން ތިން ދުވަހު ކޮމިޓީ ބައްދަލުވުން ތާވަލުކޮށް ގަވަރުނަރަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ވަނީ އަރުވާފައެވެ. ނަމަވެސް ގަވަރުނަރު އާލާސްކަންފުޅާ އުޅުއްވާތީ އެއިން އެއްވެސް ބައްދަލުވުމަކަށް ވަޑައިނުގަންނަވައެވެ.

އަދި މިއަދު ކުރިޔަށްދިޔަ މިކަމާއި ގުޅޭ ތިން ވަނަ ބައްދަލުވުމަށް ގަވަރުނަރު ވަނީ ގަވަރުނަރުގެ މަގާމުން ހާޝިމް ވަކިކުރަން ކޮމިޓީން ހުށަހެޅި ކަންކަމަށް 14 ސަފްހާގެ ސިޓީއަކުން ލިޔުމުން ޖަވާބު ފޮނުއްވާފައެވެ. އަދި އިތުރު ކަމެއް ކޮމިޓީން ސާފުކުރަން ބޭނުންވާނަމަ އެކަމެއްވެސް ލިޔުމުން އެންގެވުމުން އެކަމަކަށް ލިޔުމުން ޖަވާބު ދެއްވާނެކަމަށް ގަަވަރުނަރު ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވާކަމަށް ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހީމް ވިދާޅުވިއެވެ.

އެހެންކަމުން ކޮމިޓީގެ ބައްދަލުވުމުގައި ގާސިމް ވަނީ އިތުރުކަމެއް ސާފުކުރުމަށް ގަވަރުނަރަށް ސިޓީ ފޮނުވުމަށް ފެނޭތޯ ވޯޓު އައްސަވާފައެވެ. އެކަމަށް ނެގުނު ވޯޓުގައި މެމްބަރުން ވޯޓު ދެއްވީ އިތުރުކަމެއް ސާފުކުރުމަށް ގަވަރުނަރަށް ސިޓީ ފޮނުވަން ނުފެންނަކަމަށެވެ.

އަދި އެއަށްފަހު ގަވަރުނަރުކަމުން ހާޝިމް ވަކިކުރަން ހުށަހެޅިފައިވާ ހުށަހެޅުމަށް ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ. އެހެންކަމުން މަޖިލީހުން ދެން ރައީސަށް ލަފާ އަރުވާނީ ގަވަރުނަރުކަމުން ހާޝިމް ވަކިކުރުމަށެވެ.

އެމްއެމްއޭގެ ގާނޫނު ބުނާގޮތުން އެއޮތޯރިޓީގެ ގަވަރުނަރާއި ޑެޕިޔުޓީ ގަވަރުނަރު މަގާމަށް އައްޔަނުކޮށް ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު