ތިމާވެށީގެ މަޝްރޫއުތަކަށް އީޔޫއިން 110 މިލިއަން ރުފިޔާގެ އެހީއެއް

އައިޝަތު ޝިއުރާ
07 Sep 2024
ހަބަރު

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ތިމާވެށީގެ މަޝްރޫއުތަކަށް 7.16 މިލިއަން ޑޮލަރު ދޭނެ ކަމުގެ ޔަގީންކަން އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގެ ޑިރެކްޓަރު ޖެނެރަލް ގްރެތެލް އަގިލާ ދެއްވާފައިވާކަން މިނިސްޓަރު އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް، އެންޑް އެނާޖީ ޠާރިޤު އިބްރާހިމް އިއުލާން ކުރައްވައިފި އެވެ.

މި ޔަގީންކަން ދެއްވާފައިވަނީ އައިޔޫސީއެން އިން އިންތިޒާމްކޮށްގެން ބާއްވާ އާރުސީއެފް 2024 އޭޝިއާ ފޯރަމްގެ ތެރެއިން މިނިސްޓަރާއި އައިޔޫސީއެންގެ ޑިރެކްޓަރު ޖެނެރަލްއާ ދެމެދު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ނެވެ.

އެބޭފުޅުންގެ މަޝްވަރާތަކުގައި މިނިސްޓަރު ޠާރިޤު ވަނީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) އިން 162،000 ޑޮލަރުން ފައިސާ ހޯދައިގެން އައިޔޫސީއެންގެ އެހީގައި ރާއްޖޭގައި މިހާރު ހިންގަމުންދާ ތިމާވެށީގެ މަޝްރޫއުތަކަށް އަލިއަޅުވާލައްވާފަ އެވެ.

މިބައްދަލުވުމުގައި އައިޔޫސީއެން އާއި ގުޅިގެން ކުރިއަށް އޮތް މަޝްރޫއުތަކުގެ ވާހަކަވެސް ވަނީ ދައްކަވާފަ އެވެ. އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތަކަށް އީޔޫއިން ވަނީ 6.5 މިލިއަން ޔޫރޯ ކަނޑައަޅާފަ އެވެ. މި މަޝްރޫއުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.

މިނިސްޓަރު ޠާރިޤު ވަނީ ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ތަފާތު ފިޔަވަޅުތައް އަޅުއްވަމުންދާ ކަމަށާއި އޭގެ ތެރޭގައި އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތައް ހިމެނޭ ކަމަށް ފާހަގަކުރައްވާފަ އެވެ. އައްސޭރިފަށުް ގިރުމުގެ މައްސަލަ ހައްލުކުރުމަށް އަމާޒުކޮށްގެން ގޮނޑުދޮށް ހިމާޔަތްކުރުމާއި ތިމާވެށި ހިމާޔަތްކުރުމުގެ ބައެއް މަޝްރޫއުތަކާ އެކު ގަސް އިންދުމުގެ އިސްނެގުމެއް ވެސް މި ސަރުކާރުން ވަނީ ފަށާފަ އެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު