ދައުރުވާ ވީޑިއޯގައި ފެންނަ ވެހިކަލްތަކަކީ ޤަވާޢިދުގެ ތެރެއިން ނައްތާލުމަށް ގެންދިޔަ ވެހިކަލްތަކެއް

އައިޝަތު ޝިއުރާ
07 Sep 2024
ހަބަރު

ވެހިކަލްތަކަކަށް ފުލުހުން ގެއްލުންދޭ މަންޒަރު ކަމަށް ބުނެ ދައުރުވާ ވީޑިއޯގައި ފެންނަ ވެހިކަލްތަކަކީ ޤަވާޢިދުގެ ތެރެއިން ނައްތާލުމަށް ގެންދިޔަ ވެހިކަލްތަކެއް ކަމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިމިވަނީ މާލޭ މެރީބްރައުން ކައިރީގައި އޮންނަ ފުލުހުންގެ ޓޯޔާޑަށް ގެންދިޔަ ސައިކަލުތަކެއް ޕިކަޕަކުން ބާލުވާ މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ އެކަމުގެ މައުލޫމާތު ހިއްސާކުރައްވާ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

މިނިސްޓަރ ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ މެރީބްރައުން ކައިރީގައި އޮންނަ ޓޯޔާޑް ތެރޭ ފެންނަ ވީޑިއޯއަކީ މިމަހުގެ 6ވަނަ ދުވަހު ޤަވާއިދުގެ ތެރެއިން ނައްތާލުމަށް ހަމަޖެހިފައިވާ ވެހިކަލް ތަކެއް ނައްތާލުމަށް ގެންގޮސް އެއްތަނަކަށް ޖަމާކުރާ މަންޒަރު ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުންވެސް ބުނެފައިވަނީ އެ އުޅަނދުތަކަކީ ޤަވައިދުގެ ތެރެއިން ނައްތާލަން ހަމަޖެހިފައިވާ ވެހިކަލްތަކެއް ކަމަށެވެ.

އިއްޔެ ނައްތާލެވުނު ވެހިކަލްތަކުގެ އަދަދު:

ސައިކަލު: 247

ހަތަރު ފުރޮޅުލީ އުޅަނދު: 29

ބައިސްކަލު: 223

އެމްބިއުލާންސް: 1

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު