އަޔަރލޭންޑް އެންބަސީ އިން މިނިސްޓްރީ އޮފް ހަޔަރ އެޑީއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ބޭފުޅުންނާއި ބައްދަލުކުރެއްވުން

އަޔަރލޭންޑު ސަފީރު، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނަށް ޒިޔާރަތް ކުރައްވައިފި

އައިޝަތު ޝިއުރާ
17 Jul 2024
ހަބަރު

ދިވެހިރާއްޖޭގައި ހުންނަ އަޔަރލޭންޑް އެންބަސީ އިން މިނިސްޓްރީ އޮފް ހަޔަރ އެޑީއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ބޭފުޅުންނާއި ބައްދަލުކުރައްވައި މަޝްވާރާކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލސް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ، ޑރ. އަބްދުﷲ ނަޒީރު އަދި ޑެޕިއުޓީ މިނިސްޓަރ، އައިމިނަތު ޝަޝީ ބައިވެރިވަޑައިގެންނެވިއެވެ. އަދި އަޔަލޭންޑް އެންބަސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، އެ އެންބަސީގެ ސަފީރު، ހިޒް އެކްސެލެންސީ، ކެވިން ކެލީއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސިކްލް ޑިވެލޮޕްމަންޓްގައި ބޭއްވުނު މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާއި ގުޅިގެން ކުރިވިދާނެ ކަންތައްތައް މަޝްވަރާކުރުމެވެ. އަދި ދިވެހި ރާއްޖޭގެ އުމްރާނީ، އިޤްތިސާދީ އަދި އެހެނިހެން ދާއިރާތަކުގެ ތަރައްޤީއާއި ގުޅިގެން އަޔަލޭންޑްގެ ސަރުކާރުން ދިވެހި ދަޢުލަތަށް ދެވެންހުރި އެހީ އާއި ޙިދުމަތްތަކާއި ގުޅޭގޮތުން ވާހަކަދެކެވުނެވެ.

މީގެ އިތުރުން، ދެ ދަޢުލަތުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި އެއްޤައުމު އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮއްދިނުމުގެ މުޙިއްމުކަމަށްވެސް ވަނީ މި ބައްދަލުވުމުގައި އަލިއަޅުވައިލާފައެވެ. އެގޮތުން، ދެ ދަޢުލަތް ގުޅިގެން، ދެ ފަރާތުގެ މަސްލަހަތު އޮންނަ ދާއިރާތަކުގެ ތަރައްޤީއަށް މަސައްކަތްކުރުމައްޓަކައި އެއްޤައުމު އަނެއްޤައުމުގެ މަޝްރުޢޫތަކުގައި އެހީތެރިކަންފޯރުކޮއްދެއްވުމުގެ އިތުރުން ލަފަޔާއި އިރުޝާދުދެއްވައި މަސައްކަތްކުރެއްވުމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު