"ހެލްޕް ޔާމްބެ" ފަންޑްރައިސިން އިވެންޓް

ދިވެހި ޓިކްޓޮކް ކޮމިއުނިޓީ އަދި ދިވެހިން ގުޅިގެން ޔާމްބެ އަށް 2 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިދީފި

އަލީ ޝާހީން
07 Sep 2024
ހަބަރު

މިސްޓަރ މޯލްޑިވްސް މުހައްޔަދު ޔާމީން (ޔާމްބެ) ގެ ކިޑްނީ ބައްޔަށް އެހީގެ ގޮތުގައި ދިވެހި ޓިކްޓޮކް ކޮމިއުނިޓީ އަދި ދިވެހިން ގުޅިގެން 2 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިދީފިއެވެ.

ދިވެހި ޓިކްޓޮކް ހޯސްޓް ކަމުގައިވާ ޒިޕޯ މެދުވެރިވެގެން، އަދި އޭގެ އިތުރުން ލައިވްގެ ގެސްޓުންގެ ގޮތުގައި ޑީޖޭ ހަމްބެ، ތަކޭ، މުންތު، ޝިފާ އަދި ހުޝާންޓޭގެ އިތުރުން އެމްޓީޕީއާއި އަދި އިތުރު އެތައް ހޯސްޓުންނާއިއެކު ލައިވްކޮށް ކުރިއަށްގެންދިޔަ މި ފަންޑްރައިސިން އިވެންޓުގައި 210،308.28 ރުފިޔާ އަދި 1382 ޑޮލަރު ހޯދައި ޔާމްބެ އަށް ވަނީ ދިވެހިންގެ ނަމުގައި އަދި ދިވެހި ޓިކްޓޮކް ކޮމިއުނިޓީގެ ނަމުގައި ހަދިޔާކޮށްފައެވެ.

“މިސްޓާ މޯލްޑިވްސް” މުހައްމަދު ޔާމީން (ޔާންބެ)ގެ ދެ ކިޑްނީ ފެއިލްވެ އަންނަނީ ފަރުވާ ހޯދަމުންނެވެ. އިތުރު ފަރުވާއަށް މި މަހުގެ ނުވައެއްގައި ބޭރަށް ފުރާނެއެވެ.

މިވަރުގެ ބޮޑު އެހީތެރިކަމެއް ޓިކްޓޮކް އާއިލާ އަދި ދިވެހިން މިރޭގެ ފަންޑްރައިޒިންގައި ހޯދައިދީފައިވާއިރު ޔާމްބެއަށް އެހީތެރިވުމަށް ޓިކްޓޮކް އާއިލާއިން ދިވެހި ސަރުކާރަށްވެސް ގޮވާލާފައިވެއެވެ. 

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު