ސަރުކާރުގެ އެހީގައި ތިނަދޫގައި ހެދި ސާފިން ހަޓް ހުޅުވައިފި

އައިޝަތު ޝިއުރާ
08 Sep 2024
ހަބަރު

ސަރުކާރުގެ އެހީގެ ދަށުން ތިނަދޫ ސިޓީގައި ހުވަދޫ ރެކްރިއޭޝަންއިން ގާއިމްކުރި ސާފިން ހަޓް ހުޅުވައިފިއެވެ.

މި ޕްރޮޖެކްޓަކި 2023 ވަނަ އަހަރު މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުމަށްޓަކައި "މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް އެމްޕަވަރމަންޓް" ގްރާންޓްގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.

މި ހަޓް ހުޅުވައި ދެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ޝައްމާން އަދި ތިނަދޫގެ މޭޔަރ ސައުދު އަލީއެވެ.

މިނިސްޓްރީގެ ގްރާންޓްގެ ދަށުން މި ޕްރޮޖެކްޓްއަށް 245،000 ރުފިޔާގެ ފައިސާގެ އެހީ ވަނީ ދީފައެވެ.

ޖަމްއިއްޔާގެ ފަރާތުން އެހެނިހެންގޮތުން ހޯދި އެހީއާއެކު ޕްރޮޖެކްޓައަށް 35،000 ރުފިޔާ ހަރަދުކުރިއިރު މި ޕްރޮޖެކްޓަށް ޖުމްލަ 280،000 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ސާފިން ހަޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް ޝައްމާން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވިސްނުމަކީ ބާރުވެރިކުރުވުންކަން ފާހަގަކުރައްވާ ޒުވާނުންނަށް ހާއްސަ މިނިސްޓްރީއެއް އުފެދި އެމިނިސްތްރީގެ ދަށުން ކުރަމުންދާ މައިގަނޑު މަސައްކަތަކީ ޒުވާނުންގެ ހުނަރާއި ޒުވާނުންގެ ބައިވެރިވުން މުޖުތަމައުގެ އެކި ކަންކަމުގައި ފުޅާކުރުމުގެ މަސައްކަތް ކުރުން ކަމުގައި ފާހަގަކުރެއްވިއެވެ.

އަދި ޒުވާނުންގެ މިނިސްޓަރ އިބްރާހިމް ވަހީދުގެ ސީދާގެ އިރުޝާދުގެ ދަށުން ޒުވާނުންގެ ކަންކަން ރާވައި ހިންގަމުންދާއިރު ތިނަދޫގައި މިފަދަ ހަޓެއް އެޅުމުން ދައްކައިދެނީ ޒުވާނުން މުޖުތަމައުގެ ތަރައްގީގައި ބައިވެރިވާން ބޭނުންވާ މިންވަރު ކަމަށް ސްޓޭޓް ފާހަގަކުރެއްވިއެވެ.

ތިނަދޫގައި ހުޅުވި މި ހަޓާއެކު ތިނަދޫގެ ސާފިން ސަރަހައްދު އިތުރަށް ތަރައްގީކުރުމަށްޓަކައި ރަށުގެ ކައުންސިލާއި ގުޅިގެން ޒުވާނުން އިތުރަށް މަސައްކަތް ކުރުމަށް ސްޓޭޓް ޝައްމާން ބާރު އެޅުއްވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު