ވަޒީފާގައި ދިގު މުއްދަތަށް ދެމިހުރުމުގެ ފުރުސަތާއި ގުޅޭގޮތުން އިސްރަށްވެހިންގެ ހިޔާލު ހޯދައިފި

އައިޝަތު ޝިއުރާ
09 Sep 2024
ހަބަރު

ދިވެހި ދަޢުލަތުގެ ވަޒީފާތަކުން މުސްކުޅި ކުރެވިފައިވާ ފަރާތްތަކާއި އުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާގައި ދެމި ތިބުމަށް އެދޭ ފަރާތްތަކަށް، އުމުރުން 75 އަހަރު ވަންދެން ވަޒީފާގައި ދެމިހުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރަމުންދާ ޢަމަލީ މަސައްކަތުގެ ތެރެއިން އިސްރަށްވެހިންނާއި ބައްދަލުކޮށް ޚިޔާލު ހޯދައިފިއެވެ. 

ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް، އެކި ސަބަބުތަކާއި ހުރެ ދައުލަތުގެ ވަޒީފާއިން މުސްކުޅިކޮށްފައިވާ އަދި މުސްކުޅިކުރެވޭ ފަރާތްތަކުގެ ތެރެއިން ވަޒީފާގައި ދެމިތިބުމަށް ނުވަތަ ވަޒީފާއަށް އެނބުރިއައުމަށް އެދޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ އުމުރުން 75 އަހަރުވުމާއި ހަމައަށް ވަޒީފާ ޢަދާކުރުމުގެ ފުރުސަތު ފަހިކޮއްދިނުމުގެ ޢަމަލީ މަސައްކަތް ދަޢުލަތުގެ ހުރިހާ މުއައްސަސާތަށް ހިމެނޭހެން ވަނީ ފަށާފައެވެ. އެގޮތުން، ދަޢުލަތުގެ އެކި އިދާރާތަކާއިއެކު މަޝްވަރާ ބައްދަލުވުންތައް މިނިސްޓްރީ އޮފް ހަޔަރ އޭޑިއުކޭޝަން، ލޭބަރ އެންޑް ސްކިލް ޑީވެލޮޕްމަންޓްއިން ވެސް އަންނަީ ކުރިއަށްގެންދަމުންނެވެ.

މި ބައްދަލުވުންތަކުގެ މަޤްސަދަކީ، އެ އިދާރާތަކުގައި ވަޒީފައިން މުސްކުޅިކުރެވޭ ނުވަތަ ވަޒީފާގައި ދެމިހުރެވޭ އެންމެ ދޮށީ އުމުރާ ގުޅޭގޮތުން އެ އިދާރާތަށް އަމަލުކުރަމުންގެންދާ ގަވާއިދުތަކާއި އުސޫލުތަކުގެ މަޢުލޫޠު ހޯދާ، މިހާރު މިނިސްޓްރީއިން ޑްރާފް ކުރެވިފައިވާ ބިލުގެ ފުރަތަމަ ޑްރާފްޓާއި މެދު އެ އިދާރާތަކުން ދެކޭގޮތް ހޯދުމެވެ.

މިގޮތުން ހަޔަރ އެޑިއުކޭޝަންއިން މިހާރު ކުރިޔަށް ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިއަދުވަނީ އިސް ރަށްވެހިންނާއި ބައްދަލުކޮށް މި ކަމުގައި އެބޭފުޅުންގެ ހިޔުާލާއި މަޝްވަރާ ފުޅާދާއިރާއެއްގައި ވަނީ ހޯއްދަވާފައެވެ.

ހަޔަރ އެޑިޔުކޭޝަނުން ކުރިޔަށް ގެންދާ މި ސިލްސިލާގައި މިހާތަނަށް ދައުލަތުގެ އެކި އިދާރާތަކާއި، ރާއްޖޭގެ ސަލާމަތީ ބާރުތަކާއި، މިނިވަން މުއައްސަސާތައް ހިމެނޭހެން މި މަޝްވަރާ ބައްދަލުވުންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން މަސައްކަތް ކުރަމުން ދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އެދިލެއްވުމާ އެއްގޮތަށް ކުރިއަށް އޮތް މަސްދުވަހެއްގެ ތެރޭގައި މި ބިލް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވުމަށެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު