މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރި ތަނަކަށް ހެދުމަށް ހާއްސަ މަސައްކަތްތަކެއް ފަށައިފި

އައިޝަތު ޝިއުރާ
09 Sep 2024
ހަބަރު

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި މާލެއާއި ހުޅުމާލޭގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރިތަނަކަށް ހެދުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުފުޅުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި މަސައްކަތުގެ ތެރެއިން، މާލެއާއި ހުޅުމާލޭގެ މަގުތައް ބެލެހެއްޓުން ފުޅާކޮށް ފުލުހުން އިތުރަށް ހަރަކާތްތެރިވަމުން ގެންދާނެއެވެ. އެގޮތުން، ކާރުބާރު ބޮޑުވާ މަގުތައް، ހާއްސަކޮށް މާލެ ބޮޑުތަކުރުފާނުމަގު، މަޖީދީމަގު، މާރުކޭޓު ސަރަހައްދު، ސްކޫލުތައް ހިމެނޭ މަގުތައް، ހަތަރުއަނގޮޅި ހިމެނޭ ބޮޑެތި މަގުތައް އަދި މާލެއާއި ހުޅުމާލެ ބްރިޖުު ފެށޭ އަދި ނިމޭ ހިސާބުގެ އިތުރުން އެއާޕޯޓު ޓްރެފިކް ލައިޓު ކައިރި، ހުޅުމާލެ ސެންޓްރަލް ޕާކު ހިމެނޭ ސަރަހައްދާއި ސްކޫލުތައް ހިމެނޭ ސަރަހައްދުތައް އަދި އެހެނިހެން ހިސާބުތަކުގައި ވެސް މަގުތައް ތަރުތީބުކުރުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނެއެވެ.

މިގޮތަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން މަގުމަތީގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުން ގެންދާނެއެވެ. މި މަސައްކަތުގެ ދަށުން ތިރީގައިވާ ކަންކަމަށް ސަމާލުކަން ދިނުމަށް އާންމުނަށް ފުލުހުން އިރުޝާދު ދެމުންދާނެއެވެ.

އުޅަނދު ދުއްވަން އެރުމުގެ ކުރިން ރައްކާތެރި ކަމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކަން ޔަގީން ކުރުން

ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށްވުރެ ބާރަށް ނުދުއްވުން

ޓްރެފިކް ނިޝާންތަކަށް ސަމާލުވުން

ރައްކާތެރި ހެލްމެޓް އަޅުއްވައި ހެލްމެޓްގެ ބަކުލް އަޅުއްވާ ބާރުކުރެއްވުން

30 ކިލޯ މީޓަރަށްވުރެ ބާރަށް ދުއްވޭ ސަރަހައްދު ތަކުގައި 4 ފުރޮޅުލީ އުޅަނދު ދުއްވާއިރު ސީޓްބެލްޓް އެޅުއްވުން

އުޅަނދު ދުއްވާއިރު މޯބައިލް ފޯނު ބޭނުން ނުކުރެއްވުން

ކުޑަކުދިން 4 ފުރޮޅުލީ އުޅަނދުގައި ގެންދާއިރު އެކުދިންނަށް ހާއްސަ ގޮނޑި ބޭނުން ކުރެއްވުން

އުޅަނދުތަކުގައި މުދާ އުފުލާއިރު ރައްކާތެރިކަމަށް އިސްކަންދެއްވުން

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު