ބަނޑާރަ ނައިބުގެ އޮފީހުގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ސުލްޠާނާ ޝާކިރު

އައިޝަތު ޝިއުރާ
09 Sep 2024
ހަބަރު

ބަންޑާރަނައިބުގެ އޮފީހުގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ސުލްޠާނާ ޝާކިރު ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ޢައްޔަންކުރައްވައިފިއެވެ.

 ސުލްޠާނާ ޝާކިރު ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ، ބަންޑާރަނައިބުގެ އޮފީހުގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙްއެވެ. މި ރަސްމިއްޔާތުގައި، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އާއި، ބަންޑާރަނައިބުގެ އޮފީހުގެ އިސްވެރިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

 ސުލްޠާނާ ޝާކިރު ވަނީ ނިއުޒިލޭންޑްގެ ޔުނިވަރސިޓީ އޮފް ވައިކަޓޯއިން ބެޗެލަރ އޮފް ސޯޝަލް ސައިންސަސް ފުރިހަމަކުރައްވައި، މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް މަލާޔާ އިން މާސްޓަރ އޮފް ޕަބްލިކް ޕޮލިސީ ޙާސިލްކުރައްވާފައެވެ.  ސުލްޠާނާ ޝާކިރު ވަނީ ސަރުކާރުގެ އިދާރާތަކާއި، ޖުޑީޝަރީގައްޔާއި، އަމިއްލަ ޖަމްޢިއްޔާތަކުގައި ހިންގުމުގެ ދާއިރާގައި މަސައްކަތްކުރައްވާފައެވެ. އެގޮތުން،  ސުލްޠާނާ ޝާކިރު ވަނީ 2012 އިން ފެށިގެން 2019 އަށް ބަންޑާރަނައިބުގެ އޮފީހުގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމު އަދާކުރައްވާފައެވެ.

ސުލްޠާނާ ޝާކިރު އެންމެ ފަހުން ހުންނެވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރުކަމުގެ މަޤާމުގައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު