އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 57 ވަނަ ސެޝަންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވަނީ

އަލީ އަޒްލީފް
09 Sep 2024
ހަބަރު

އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 57 ވަނަ ސެޝަން ސްވިޓްޒަލޭންޑްގެ ޖެނީވާގައި މިއަދު ފަށައިފިއެވެ. މި ސެޝަން ފެށިގެން ކުރިއަށްދާނީ، 9 ސެޕްޓެމްބަރ 2024 އިން 11 އޮކްޓޯބަރ 2024 ގެ ނިޔަލަށެވެ.

57 ވަނަ ސެޝަންގެ ބައްދަލުވުމުގެ ތެރެއިން އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުން ސްޕެޝަލް ޕްރޮސީޖަރސް މެންޑޭޓް ހޯލްޑަރުންނާއި، އެކްސްޕާޓް މެކޭނިޒަމްތަކާއި، އިންވެސްޓިގޭޓިވް މެކޭނިޒަމްތަކާއެކު ޖުމްލަ 30 އިންޓަރެކްޓިވް ޑައިލޮގް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިންސާނީ ޙައްޤުތަކުގެ މުހިންމު މައްސަލަތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ޚާއްސަ 2 އިންޓަރެކްޓިވް ޑައިލޮގްގެ އިތުރުން 6 ޕެނަލް ޑިސްކަޝަން ވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

އަދި މި ސެޝަންގައި 50 ޤައުމުގެ ޙާލަތުތަކާއި، 80 އަށްވުރެ ގިނަ ތީމެޓިކް ރިޕޯޓްތައް މުރާޖާކުރުމުގެ ފުރުޞަތު ލިބިގެންދާނެތީ، މިސެޝަންއަކީ ދުނިޔޭގެ އިންސާނީ ޙައްޤުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލުހޯދުމަށް، އިންސާފުވެރި އަދި ހަމަހަމަ ދުނިޔެއެއް ކުރިއެރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުމާއި މަޝްވަރާއަށް ޤާއިމުކުރެވޭ މުހިންމު މަންސައަކަށް ވެގެންދާނެއެވެ.

ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އިސްކަންދޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެޖެންޑާގެ ގިނަ އައިޓަމްތަކެއްގެ ދަށުން ރާއްޖޭގެ ވަފުދުން ތަޤުރީރު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އ.ދ.ގެ ސެކްރެޓަރީ ޖެނަރަލްގެ ފަރާތުން ކުރިއަށްގެންދާ އެނަލިޓިކަލް ސްޓަޑީއާ ގުޅޭގޮތުން ބާއްވާ އިންޓަރެކްޓިވް ޑައިލޮގްގައި ޖެނީވާގައި ހުންނަ ކުދި ޖަޒީރާ ޤަޢުމުތަކަގެ މައްޗަށް އެކުލެވޭ ގްރޫޕްގެ ފަރާތުން ޖޮއިންޓް ސްޓޭޓްމަންޓްއެއް ދިވެހިރާއްޖެއިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޖޮއިންޓް ސްޓޭޓްމަންޓްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނީ ޙައްޤުތައް ފުރިހަމައަށް ލިބިގަތުމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލާނެއެވެ. އަދި، މިއަހަރުގެ މާރޗް މަހުގެ 12 އިން 21 އަށް ޑިމޮކްރެޓިކް އެންޑް އިކުއިޓަބަލް އިންޓަނޭޝިނަލް އޯޑަރއާ ބެހޭ އިންޑިޕެންޑެންޓް އެކްސްޕާޓް ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ރިޕޯޓެއް މިސެޝަންގައި ހުށަހަޅުއްވާނެއެވެ.

ދިވެހިރާއްޖެއަކީ ނޮން-އެލައިންޑް މޫވްމަންޓް (ނާމް) އަދި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ފަދަ ސިޔާސީ އަދި ސަރަހައްދީ ޖަމިއްޔާތަކުގެ މެމްބަރަކަށްވުމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ޙައްޤުތަކާބެހޭ މައްސަލަތައް އިތުރުވަމުންދާތީ މިހާލަތާ ރިޢާއަތްކޮށް ދިވެހިރާއްޖެއަކީ ކަންބޮޑުވުން ފާޅުކުރަމުންދާ ޤަޢުމެކެވެ. އެގޮތުން، މި ސެޝަންގައި މިޔަންމާގެ ސްޕެޝަލް ރެޕަޓުއަރއާއެކު ބާއްވާ އިންޓަރެކްޓިވް ޑައިލޮގްގައި ތަޤުރީރެއް ދެއްވުމާއި، ފަލަސްޠީނަށް ކުރިމަތިވަމުންދާ އިންސާނީ ކާރިޘާއަށް އަލިއަޅުވާލާ ތަފާތު އެޖެންޑާ އައިޓަމްތަކުގައި ދިވެހިރާއްޖެއިން ތަޤުރީރު ދިނުމަށް ވަނީ ހަމަޖެހިފައިވެއެވެ.

އެޗް.އާރް.ސީ.ގެ 57 ވަނަ ސެޝަންގެ ބައްދަލުވުމުގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުއެވެ. ވަފުދުގައި ދެން ހިމެނިވަޑައިގަންނަވާނީ ކައުންސެލަރ އަލްފާޟިލް އާދަމް ޙާމިދު، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ އަލްފާޟިލާ މަރިޔަމް ފާތިކާ ފަޔާޟް، ތާރޑް ސެކްރެޓަރީ އަލްފާޟިލާ އާމިނަތު ޝަދާ އިބްރާހިމް އަދި އެޓާޝޭ އަލްފާޟިލް މުޙައްމަދު ރާއިދު ސައީދުއެވެ.

އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ހަރުދަނާކުރުމަށާއި އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ހާލަތްތައް ޙައްލުކޮށް އެކަމަށް ހައްލުކުރާނެ ގޮތްތައް ހުށަހެޅުމުގެ ޒިންމާ އަދާކުރާ އދ.ގެ ނިޒާމުގެ ތެރެއިން ބައެކެވެ. 47 މެންބަރު ޤަޢުމެއްގެ މައްޗަށް އެކުލެވިގެންވާ މި މަޖިލީހަކީ އިންސާނީ ޙައްޤުތަކަށް އަރައިގަތުމާއި ގައުމުގެ ހާލަތްތައް ހައްލުކުރުމަށް ބާއްވާ ބައިނަލްއަޤްވާމީ ބައްދަލުވުމެކެވެ. ދިވެހިރާއްޖެއަކީ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ މެންބަރެކެވެ. އަދި މި ދައުރު ހަމަވާނީ 2025 ވަނަ އަހަރުއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު