ނާދީގައި ތަފާތު ހަރަކާތެއް: މިފަހަރު ކުދިންނާއެކު އާޓް ކްލާހެއް!

އަލީ އަޒްލީފް
09 Sep 2024
ހަބަރު

އާއިލީ ގުޅުން ބަދަހިކުރުމާއެކު، މާމަ ކާފަ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްރަށްވެހިންގެ ނާދީން ސިލްސިލާގޮތެއްގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މާމަ ކާފަ ކުދިންނާއެކު އާޓް ކްލާހެއް ކުރިއަށް ގެންގޮސްފިއެވެ.

މިއީ އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދެވުނު ވަރަށް ތަފާތު ހަރަކާތެއްގެ ގޮތުގައި ބައިވެރިން ފާހަގަކުރެއެވެ. މި ކްލާހުގައި އިސްރަށްވެހިން ވަނީ އެ ފަރާތްތަކުގެ މާމަ އަދި ކާފަ ދަރިން ވެސް ބައިވެރިކޮށްފަ އެވެ. އަދި ކުދިންނާއެކު ކުރެހުމުގައި މަޖާ މަޖުގުކޮޅެއް ހޭދަކޮށްލެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ހަރަކާތުގައި ބައިވެރިވި އިސްރަށްވެހިން ވަނީ ފާހަގަކޮށްފައެވެ.

މި ހަރަކާތުގައި ބައިވެރިވި ކުދިން ކިޔައިދިން ގޮތުގައި އިސްރަށްވެހިންގެ ނާދީފަދަ ތަފާތު މާހައުލެއްގައި އެކުދިންގެ މާމައިންނާއި ކާފައިންނާއެކު ކުރެހުމުގެ ކްލާހެއްގައި ބައިވެރިވެ ކުރެހުމުގެ ތެރެއިން އެކުދިންގެ ޝުއޫރުތައް ފާޅުކޮށްލަން ފުރުސަތު ލިބިގެން ދިއުމަކީ ވަރަށް އުފާކުރާ ކަމެކެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު