ދާޚިލީ ސަލާމަތާއިި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން

ދައުލަތުގެ މުދަލަކަށް އެއްވެސް މީހަކު ގައްދާރުވެފައި ވާނަމަ އެ މައްސަލަ ބަލާނަން: އިޙްސާން

އަލީ އަޒްލީފް
17 Jul 2024
ހަބަރު

ދައުލަތުގެ މުދަލަކަށް އެއްވެސް މީހަކު ގައްދާރުވެފައިވާނަމަ އެ މައްސަލައެއް ފުލުހުންގެ އިދާރާއިން ބަލާނެ ކަމަށް ދާޚިލީ ސަލާމަތާއިި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ހޯމް ޓީމުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ކުރީ ސަރުކާރުން ކޮށްފައިވާ ޚިޔާނާތްތަކުގެ މައްސަލައިގައި ތަހްގީގު ކުރިޔަށް ނުގެންދާ ކަމަށާއި، އަދި އެފަދަ މައްސަލަތަކުގައި ޝާމިލުވާ މީހުން ރާއްޖެއިން ބޭރަށް ފުރައިގެންދާ ކަމަށް ބުނެ، އެ ފަދަ މައްސަލަތަކާއި ގުޅުވައިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ފުލުހުން އެ މައްސަލަތައް ތަހުގީގު ނުކުރާކަމަށް ބުނަމުންދާ ވާހަކަތަކަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި، މިހާރުވެސް އެފަދަ މައްސަަލަތަކެއްގެ ތަހުގީގުތައް ކުރިޔަށްދާ ކަމަށެވެ. އަދި، ދައުލަތުގެ އެސްޓްސްތަކަށް އެއްވެސް މީހަކު ގައްދާރުވެފައި ވާނަމަ އެ މައްސަލަ ބަލާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކުރީ ސަރުކާރެއް އެހެން ސަރުކާރެއް ކިޔާނެކަމެއް ނެތް. އަޅުގަނޑުމެން ވަކި ބަޔަކަށް ޓާގެޓްކޮށްގެން އެއްވެސް މަސައްކަތެއް ނުކުރާނެ. އެހެންނަމަވެސް، ދައުލަތުގެ ފައިސާއަށް ނުވަތަ މުދަަލަށް އެއްވެސް ބަޔަކު ޚިޔާނާތްތެރިވެފައިވާކަމަށް ވެއްޖިއްޔާ އެ މައްސަލަ ބަލާނަން. 

ވަޒީރު އިޙްސާން

މިނިސްޓަރ ވިދާޅުވީ، ގެއްލިފައިވާ ދައުލަތުގެ މުދާތައް ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށްވާއިރު، ފުލުހުންގެ ޓާގެޓަކީވެސް އެކަން އެގޮތަށް ތަންފީޒުކުރުން ކަމަށެވެ. އެގޮތުން މިހާރުވެސް ދެ ކުންފުންޏެއްގެ ތަހުގީގި ކުރިޔަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އޭސީސީއާ ގުޅިގެން ކުރިޔަށް އޮތް ތާނގައިވެސް މަސައްކަތްތައް ކުރާނެ ކަމަށާއި، ފުލުހުންގެ ފަރާތުން އެ ތަހުގީގުތަކުގައި އޭސީސީއަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އިހުސާން ދެއްވިއެވެ.

އަދި އަދުގެ ސަރުކާރަކީ އެންމެ ޓްރާންސްޕޭރެންޓް ސަރުކާރު ކަމަށާއި މިފަދަ ޚިޔާނާތްތަކުގެ މައުލޫމާތުތައް ހިފެެހެއްޓުމެއްނެތި ހާމަކުރަމުންދާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ވަކިން ޚާއްސަކޮށް މިނިސްޓްރީން އެއްވެސް ކަމެއް ނުފޮރުވައި މައުލޫމާތު ނޫސްވެރިންނާއި ވެސް ހިއްސާކުރަމުން ގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު ލިއުން
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު