ޤަތަރުގެ އާ ސަފީރު، ސަފީރު ކަމުގެ ފަތްކޮޅުގެ ކޮޕީ ޗީފް ޕްރޮޓޮކޯލް އާ ހަވާލުކުރައްވައިފި

އަލީ އަޒްލީފް
09 Sep 2024
ހަބަރު

ޤަތަރު އިން ދިވެހިރާއްޖޭއަށް ކަނޑައެޅުއްވި އާ ސަފީރު، ޖަސީމް ބިން ޖަބާރު ޖޭ.ބީ. އަލް ސޮރޫރު، އެ މަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު ޗީފް އޮފް ޕްރޮޓޮކޯލް މުހައްމަދު ޝަހުދީ އާ ހަވާލުކުރައްވައިފިއެވެ.

ޑިޕްލޮމެޓިކް އާދަކާދައިގެ މަތީން، ސަފީރުކަމަށް އައްޔަންކުރާ ފަރާތްތަކުގެ ސަފީރު ކަމުގެ ފަތްކޮޅުގެ ކޮޕީ އާންމުކޮށް ފޮރިން މިނިސްޓްރީއަށް ރަސްމީކޮށް ފަތްކޮޅު އެރުވުމުގެ ކުރިން ހަވާލުކުރަންވާނެއެވެ.

މިގޮތުން، މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ޤަތަރުގެ އާ ސަފީރު، އެ މަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅުގެ ކޮޕީ ޗީފް އޮފް ޕްރޮޓޮކޯލާ ހަވާލުކުރެއްވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދާނެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ކުރިއަށް ދާނެ ގޮތުގެ ތައާރަފެއް ޗީފް އޮފް ޕްރޮޓޮކޯލް ސަފީރަށް ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފަތްކޮޅު އެރުވުމަށްފަހު، ޤަތަރުގެ އާ ސަފީރު، ފޮރިން މިނިސްޓަރ މޫސާ ޒަމީރުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު