ޤަތަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

އަލީ އަޒްލީފް
09 Sep 2024
ހަބަރު

ޤަތަރުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ޖާސިމް ބިން ޖާބިރު ޖޭ.ބީ. އަލް-ސުރޫރް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

ޤަތަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދަންނަވާފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ‌‏ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ވަރުގަދަ ‌‏ކުރެވިދާނެ ‌‏ގޮތްތަކާ ‏ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ޤަތަރުގެ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ޤަތަރުގެ ސަފީރު ހުންނެވުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ ސިނގިރޭޓު ނައްތާލައިފި
މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ބެލުމުގެ ދަށުން ތިން މިލިއަން ސިނގިރޭޓު ނައްތާލައިފިއެވެ.
19 Oct 2025
ހަބަރު
ގިނިސް ވޯލްޑް ރިކޯޑް ފޮތަށް ދިވެހިރާއްޖެ: އެއްފަހަރާ އެންމެ ގިނަ މީހުން ކުރި ސްނޯކްލިންގް
އޮކްޓޫބަރު 18, 2025 ގައި ބާ އަތޮޅުގައި ބޭއްވި ބާނީ އިވެންޓްގައި އެއްފަހަރާ އެންމެ ގިނަ މީހުން ސްނޯކްލިންގެ އާ ގިނިސް ވޯލްޑް ރެކޯޑެއް ކާމިޔާބުކަމާއެކު ރާއްޖެ އިން ޤާއިމްކޮށްފިއެވެ. މި ހަރަކާތުގައި ޖުމްލަ 623 ސްނޯކްލަރުން ބައިވެރިވެފައިވެއެވެ.
19 Oct 2025
ހަބަރު
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު 3 ވަނަ މީހާގެ ހަށިގަނޑު ވެސް ފެނިއްޖެ
މިދިޔަ ބުދަ ދުވަހުގެ ރޭ މެންދަމު، ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ޙާދިސާގައި ގެއްލުނު މީހުންގެ ތެރެއިން، 3 ވަނަ މީހާގެ ހަށިގަނޑުވެސް ފެނިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.
19 Oct 2025
ހަބަރު
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިސްރުގެ ފޮރިން މިނިސްޓަރު ޑރ. ބަދުރު އަބްދުއްލަތީ އާ މިއަދު ބައްދަލުކުރައްވައިފި
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިސްރުގެ ފޮރިން މިނިސްޓަރު ޑރ. ބަދުރު އަބްދުއްލަތީ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.
18 Oct 2025
ހަބަރު