ކައުންސިލްތަކާއި ޑީއެންއާރު ގުޅާލާ "ނާރެސް" ޕޯޓަލް

އަލީ އަޒްލީފް
17 Jul 2024
ހަބަރު

ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން އައިޑީ ކާޑު ޔުނިޓް ނުވަތަ ޑީއެންއާރުގެ މަސައްކަތްތައް ބައްޓަން ކުރުމުގެ ގޮތުން ޚާއްސަ ޕޯޓަލްއެއް "ނާރެސް" ތަޢާރަފްކުރަން ނިންމައިފިއެވެ.

ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހައްދަން އެދެވޭ ގޮތް ހެދުމަށް ޑީއެންއާރުން ނާރެސް ޕޯޓަލް ބޭނުންކުރަން ނިންމާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

ނާރެސް މެދުވެރިކޮށް ކައުންސިލްތަކަށް އައިޑީކާޑްގެ ސްޓޭޓަސް ބެލުމާއި މާލެއެކޭ އެއްފަދައިން އައިޑީ ކާޑް ދޫކުރުން އަދި އެޕްލިކޭޝަންތައް ބަލައިގަތުމަށް ހިދުމަތް ލިބިގެންދާނެއެވެ. ހަމަ އެއާއެކު ކޮންމެ ކައުންސިލަކަށް 10 އިނގިލީގެ ނިޝާން ނަގާ ފިންގާ ޕްރިންޓް ޑިވައިސްތަކެއްވެސް ހަވާލުކުރެވޭނެއެވެ.

ނާރެސް ޕޯޓަލް އާއެކު އޮޕަރޭޝަން ކުރަނގި 2 ފެށުމުގެ ރަސްމިއްޔާތު ވެސް އޮންނާނެއެވެ. މިއީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުގެ އިސްވެރިންނާއި، އަދި އަތޮޅު ކައުންސިލްތަކުގެ އިސްވެރިންނަށް ދައުވަތު އެރުވިގެން ކުރިއަށް ގެންދާ ރަސްމިއްޔާތެކެވެ.

ކޮވިޑް-19 އާއެކު ރާއްޖެ ބަންދުވުމާ ގުޅިގެން އައި މަޖުބޫރުކަމާއެކު ޑީއެންއާރުގެ މުޅި މަސައްކަތް އޮންލައިން ކުރެވުމުން، ކައުންސިލްތަކާއެކު ކުރިން ޑީއެންއާރުން ގެންގުޅެމުންއައި ގުޅުން ކެނޑިފައިވާކަން ހާމަކުރަމުން ޑީއެއާރުން ބުނީ، މިހާރު އައިޑީކާޑަށް ހަމައެކަނި އޮންލައިންކޮށް ހުށަހެޅޭއިރު، އާބާދީގެ ބޮޑު ބަޔަކަށް ލުޔެއް ލިބިގެންދިޔައަސް، އުމުރުން ދުވަސްވީ މީހުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ނާރެސް ޕޯޓަލް އާއެކު ކައުންސިލްތަކާއެކު ކުރިން އޮތް ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.

ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އެއަށް ފަހު އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)އަށް ބަދަލުކުރީ 11 ނޮވެމްބަރު 1993 ގައެވެ.

ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ގާއިު ކޯށްފައިވާއިރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ކޮވިޑާ ގުޅިގެން 2021ގަ އެވެ. އަދި ކުރިން ބޭޏުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ގާއިމުކުރެވި، އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތް ހަމަޖެހުނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

ކޮމެންޓް
އިތުރު ލިއުން
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު