މަސްވެރި ސިނާއަތަށް ބޭނުންވާ މީހުން ބިނާކުރުމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފި

އައިޝަތު ޝިއުރާ
10 Sep 2024
ހަބަރު

މަސްވެރި ސިނާއަތަށް ބޭނުންވާ މީހުން ބިނާކުރުމާއި ތަމްރީނު ދިނުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ކޮލެޖް ފޯ ފިޝަރީޒް އެންޑް އޯޝަން ސައިންސްގައި ބޭއްވުނު ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަމްޒަތު އަޙްމަދާއި ކޮލެޖް ފޯ ފިޝަރީޒް އެންޑް އޯޝަން ސައިންސްގެ ޑީން ޑރ. އަހުމަދު ރިޔާޒް ޖައުހަރީއެވެ.

ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު މައިގަނޑު ބައިތަކުގެ ތެރޭގައި މަސްވެރިން ތަމްރީނު ކުރުމާއި، މަސްވެރި ސިނާއަތަށް ބޭނުންވާ މީހުން ބިނާކުރާނެ ދާއިރާތައް ދެނެގަތުން ހިމެނެއެވެ. މީގެ އިތުރުން، ތަމްރީނު ދިނުމާއި ހުނަރު އިތުރުކުރުމުގެ މުހިންމުކަމާ މެދުވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ޑިގްރީ ފެންވަރަށް ކިޔަވައި ދިނުމުގެ މުހިންމުކަމާ މެދުވެސް މަޝްވަރާ ކުރެވުނެވެ. އަދި މަސްވެރިކަމާއި ކަނޑުތަކުގެ ދިރާސާކުރުމާ ގުޅޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ މަސްވެރި ސިނާއަތު ކުރިއެރުވުމަށާއި، މި ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މިފަދަ މަޝްވަރާތަކުން މަސްވެރިކަމުގެ ދާއިރާގައި ތަޢުލީމީ ގޮތުންނާއި ތަމްރީނުގެ ގޮތުން ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު