ރާއްޖޭގެ ނުރައްކާތެރި ކެމިކަލްތަކާއި ކުނި ބެލެހެއްޓުމުގައި މަސައްކަތްކުރާ އޮފިޝަލުން ތައިލެންޑަށް

އައިޝަތު ޝިއުރާ
10 Sep 2024
ހަބަރު

ރާއްޖޭގެ ނުރައްކާތެރި ކެމިކަލްތަކާއި ކުނި ބެލެހެއްޓުމާއި ކޮންޓްރޯލް ކުރުމުގައި މަސައްކަތްކުރާ 34 އޮފިޝަލުން ތައިލެންޑުގެ ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް (ޕީސީޑީ) އަށް ތިން ދުވަހުގެ ދަތުރެއްގައި ގޮސްފިއެވެ. 

މި ދަތުރަކީ ރާއްޖޭގައި ޤާނޫނު ތަންފީޒުކުރާ އޮފިސަރުންނަށް ކެމިކަލްތަކާއި ނުރައްކާތެރި ކުނި ބެލެހެއްޓުމާ ބެހޭ ގޮތުން މަަޢުލޫމާތު ދިނުމަށް ކުރެވޭ ދަތުރެކެވެ. މި ދަތުރުގައި ބައިވެރިވަނީ އެކި މުއައްސަސާތަކުގެ އޮފިޝަލުންނެވެ.

މި ދަތުރުގެ މަޤްޞަދަކީ ރާއްޖޭގައި ނުރައްކާތެރި ކެމިކަލްތަކާއި ކުނި ބެލެހެއްޓުމުގެ ދާއިރާ ހަރުދަނާކޮށް، އެކަމާ ގުޅޭ ޤާނޫނުތައް ތަންފީޒުކުރުމުގައި އިތުރު ހުނަރާއި ތަޖުރިބާ ހޯދުމެވެ. އަދި މި ދާއިރާގައި ތައިލެންޑުގެ ތަޖުރިބާކާރުންނާ ބައްދަލުކޮށް، އެ ޤައުމުގައި މިކަން ކުރާ ގޮތުގެ މަޢުލޫމާތު ހޯދުމެވެ.

މި ދަތުރު ނިމުމުން، ބައިވެރިން ރާއްޖެ އައިސް އެ ބޭފުޅުން ހޯއްދެވި މަޢުލޫމާތު ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކުރައްވާނެ ކަމަށް ބެލެވެއެވެ. މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ނުރައްކާތެރި ކެމިކަލްތަކާއި ކުނި ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު