ހިރިމަރަދޫ ރައްޔިތުން މާލެ އަތޮޅު ތުލުސްދޫއަށް ބަދަލުވާން އެދިއްޖެ

އައިޝަތު ޝިއުރާ
10 Sep 2024
ހަބަރު

އާބާދީގައި 600 މީހުން ހަމަނުވާ ހދ. ހިރިމަރަދޫ ރައްޔިތުން މާލެ އަތޮޅުގެ ވެރިރަށް، ތުލުސްދޫއަށް ބަދަލުވާން ބޭނުންވާ ކަމަށް ހާމަކޮށްފިއެވެ.

މި ކަން ހާމަކުރެއްވީ ހިރިމަރަދޫ ކައުންސިލާއެކު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ބޭއްވެވި ބައްދަލުވުމުގައި، ހިރިމަރަދޫ ކައުންސިލުގެ މެންބަރުންނެވެ.

މި އަހަރުގެ ފެބުރުވަރީމަހު ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހިރިމަރަދުއަށް ވަޑައިގެން އެ ރަށު ކައުންސިލާ ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ރަށުގެ ތަރައްޤީއަށް ޓަކައި ކުރަން ބޭނުންވާ ކަންކަން އެ ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

ވަރަށް ކުޑަ އާބާދީއެެއް ދިރިއުޅޭ ހިރިމަރަދޫ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ރަށުން ނުލިބޭތީ، އެ ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން އަންނަނީ މާލެއަށާއި، ކުޅުދުއްފުށީ ސިޓީއަށް ހިޖުރަކުރަމުންނެވެ.

ހިރިމަރަދޫ ކައުންސިލާއެކު ވަޒީރު ބޭއްވެވި މި ބައްދަލުވުމުގައި، ހިރިމަރަދޫ ރައްޔިތުން އެދިލެއްވި ފަދައިން އެ ރަށު މީހުން ތުލުސްދޫއަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގައި ވަޒީރަށް ކޮށްދެވެން އޮތް ހުރިހައި މަސައްކަތެއް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވައިފައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު