ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިން ސަރވިސް ފެށުމުގެ ތައްޔާރީތައް ވަނީ

އައިޝަތު ޝިއުރާ
11 Sep 2024
ހަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިން ސަރވިސް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ ވަލީދު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުންނެވެ. ހިނާ ވަލީދުގެ އިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުﷲ ރާފިޢު ވެސް ބައިވެރިވެވަޑައިގެން މަޢުލޫމާތު ދެއްވިއެވެ.

ބަންކަރިން ސަރވިސް ފެށުމަށް ވަމުން އަންނަ ތައްޔާރީތަކަށް އަލިއަޅުވާލައްވައި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން ހީނާ ވަލީދު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ރާއްޖޭގައި އަލަށް ބަންކަރިންގ ސަރވިސް ފެށުމަށް ގެންނަންޖެހޭ ބޯޓުތައް ގެނައުންފަދަ ތައްޔާރީތައް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ)އާއި މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމް.ޕީ.އެލް) އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި ކަމާގުޅޭ ފަރާތްތައް ގުޅިގެން ކުރަމުން އަންނަކަމަށެވެ. މީގެ އިތުރުން ދިވެހި މުޖުތަމަޢުގައި ރަނގަޅުކުރަން ހުރި އެކިއެކި ކަންކަމުގެ މައްޗަށާއި ޚާއްސަކޮށް ދިވެހިންގެ ތެރެއިން ގެއްލެމުންދާ އަޚްލާޤީ ރީތި ސިފަތައް އިޔާދަކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުތަކަށް ވެސް އިސް ތަރުޖަމާނު ހީނާ ވަލީދުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުﷲ ރާފިޢު ދެއްކެވި ވާހަކަފުޅުގައި މި ވަގުތު ރާއްޖޭގެ ހުރިހާ ރަށެއްގައި ޖުމްލަ 264 މަޝްރޫއެއް ކުރިޔަށްދާކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ މި ވޭތުވެދިޔަ 9 މަސް ދުވަހުގެ ތެރޭގައި އެމިނިސްޓްރީގެ ދާއިރާގައި ހިމެނޭ އެކި މަޝްރޫޢުތަކަށް ޖުމްލަ 118 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމުގައި މިނިސްޓަރ ޢަބްދުﷲ ރާފިޢު ފާހަގަކުރެއްވިއެވެ. އެ މަޝްރޫޢުތަކުގެ ތެރޭގައި ފުޓްބޯޅަ ދަނޑުތަކާއި ފުޓްސަލް ދަނޑުތަކާއި ވޮލީކޯޓުތަކާއި އައުޓްޑޯ ޖިމްތައް ޤާއިމުކުރުމުގެ މަޝްރޫޢުތައް ހިމެނޭކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މިހާތަނަށް ބައިނަލްއަޤްވާމީ 10 މުބާރާތެއް ރާއްޖޭގައި ބާއްވާފައި ވާކަމަށާއި އަދި މިހާރު ޒުވާނުންގެ މަރުކަޒުގައި ކުރިޔަށްދާ މުބާރާތާއެކު އިތުރު 6 ބައިނަލްއަޤްވާމީ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައި ވާކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނާއި މިނިސްޓަރ ޢަބްދުﷲ ރާފިޢު ވަނީ ނޫސްވެރިން ކުރެއްވި އެކިއެކި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު